އިންޑޮނޭޝިޔާގެ ޕްރޮވިންސެއްގައި އަމަލުކުރަމުންދާ ޝަރީއާ
އިންޑޮނޭޝިޔާގެ ޕްރޮވިންސެއްގައި އަމަލުކުރަމުންދާ ޝަރީއާ
އިންޑޮނޭޝިޔާގެ ޕްރޮވިންސެއްގައި އަމަލުކުރަމުންދާ ޝަރީއާ ގާނޫނުތަކުގެ ދަށުން، ކައިވެނިނުކޮށް އެކުގައި އުޅުނު މައްސަލައެއްގައި ޖޯޑެއްގެ ގަޔަށް 100 އެތިފަހަރު ޖެހުމުން އޭގެ ތެރެއިން އަންހެން މީހާ ހަބަރު ހުސްވެއްޖެއެވެ.

ސުމަޓްރާ ރަށުގެ އުތުރުކޮޅުގައި އޮންނަ ބަންޑާ އަޗޭގައި އާންމުންގެ ކުރިމަތީގައި ދިން މި އަދަބަށްފަހު، ކާކުކަން ހާމަކޮށްފައިނުވާ މި އަންހެން މީހާ ހަބަރު ހުސްވުމުން އޭނާ އެތަނުން އުފުލައިގެން ގެންދަން ޖެހުނެވެ.

ބޯޅައިން ފެށިގެން ފައިތިލައާ ހަމައަށް މޫނު ނިވާވާ ގޮތަށް ހުދު މާސްކަކާއި މުށިކުލައިގެ ހެދުމެއްލައިގެން ހުރި މީހަކު ދިން މި އަދަބު ލިބެމުންދިޔައިރު، އަންހެން މީހާގެ ބައިވެރިޔާވެސް ތަދުން ސަލާމަތްވުމަށް މޫނަށް ވައްތަރުތައް ޖައްސަމުންދިޔަ މަންޒަރު ފެނިފައިވެއެވެ.

މި ޖޯޑަކީ ޝަރީއާ ގާނޫނާ ހިލާފުވެގެން އެ ސަރަހައްދުގައި އަދަބުދެވުނު ބައެއްގެ ތެރެއިން ދެމީހުންނެވެ. ބަންޑާ އަޗޭގެ ޝަރީއާ ކޯޓާއި ޕްރޮސެކިއުޓާގެ އޮފީހުން ދަނީ ގާނޫނާ ހިލާފުވާ މީހުންނަށް 25 އާއި 100 އާ ދެމެދުގެ އަދަދަކަށް އެތިފަހަރު ޖެހުމުގެ އަދަބު ދެމުންނެވެ.

މީގެ ތެރޭގައި އޮންލައިން އެޕްލިކޭޝަންތައް މެދުވެރިކޮށް ކައިވެނިން ބޭރުން ގުޅުން ހިންގާ މީހުންވެސް ހިމެނެއެވެ. މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ އިންޑޮނޭޝިޔާގައި ޝަރީއާ ގާނޫނު ހިންގާ ހަމައެކަނި ސަރަހައްދު ކަމަށްވާ އަޗޭގެ ހަރުކަށި ގާނޫނުތައް ބުނާގޮތުން، ކައިވެނިނުކޮށް ތިބޭ ޖޯޑުތަކަށް އެކުގައި އުޅުމަކީ މަނާކަމެކެވެ.



ކިޔުންތެރިންގެ ހިޔާލު