ރަށްރަށާއި ސިޓީތަކުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކުގެ މެންބަރުންނަށް މުސާރަ ކަނޑައެޅުމުގައި ސަރުކާރުން ގެންގުޅެނީ ދެއުޅިއެއްނުވާ، ދޯހަޅި ސިޔާސަތެއް ކަމަށް ވިދާޅުވެ ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
މޭޔަރު އާތިފް މިއަދު ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ، ދިވެހިރާއްޖޭގެ އިދާރީ ހިންގުން މިހާ ދޯދިޔާވި ދުވަސްވަރެއް އެބޭފުޅުންގެ ޙަޔާތުގައިވެސް ދެކެވަޑައިގެންފައި ނުވާ ކަމަށެވެ. އަދި އަންހެނުންގެ ކޮމިޓީގެ ރައީސްގެ މަޤާމަކީ ފުލްޓައިމް ވަޒީފާއެއްގެ ގޮތުގައި ހަމަޖައްސައި އިންތިޚާބު އިޢުލާނު ކުރިއިރު، އެ މަޤާމަށްދޭނެ މުސާރައެއް ކަނޑައަޅާފައި ނެތުމަކީ ސަރުކާރުން ފުރަތަމަ ހެދި ގޯސް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.އިންތިޚާބަށްފަހު ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބޭއްވި އޮރިއެންޓޭޝަން ޕްރޮގްރާމްގައި، ސިޓީތަކުގެ ޑަބްލިއުޑީސީ ކޮމިޓީގެ ރައީސްގެ މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި -/20،000 ރުފިޔާ ހަމަޖެއްސުމަށް ޕޭ ކޮމިޝަނަށް ލަފާދީފައިވާނެ ކަމަށް ބުނެފައިވާ ކަމަށް އާތިފް ވިދާޅުވިއެވެ. ނަމަވެސް، އޭގެ ފަހުން ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި މުސާރައަށް ތިން ފަހަރު މަތިން ބަދަލު ގެނެސްފައިވާކަން މޭޔަރު ވަނީ ހާމަކުރައްވާފައެވެ.
މުސާރައަށް އައި ބަދަލުތައް:
20 މޭ 2026: ޕޭ ކޮމިޝަނުން ސިޓީތަކުގެ ޑަބްލިއުޑީސީ ރައީސްގެ މުސާރައާއި އިނާޔަތުގެ ޖުމްލަ -/41،000 ރުފިޔާ އަށް ކަނޑައެޅުން.
21 މޭ 2026 (ހެނދުނު): އެ އަދަދު -/33،000 ރުފިޔާ އަށް ދަށްކުރުން.
21 މޭ 2026 (މެންދުރުފަހު): އަލުން މުސާރަ -/20،000 ރުފިޔާ އަށް ބަދަލުކުރުން.
"މާދަމާ ވާނެގޮތެއް އަދި ނޭނގެ،" މުސާރައިގެ އޮނިގަނޑަށް އަންނަމުންދާ އަވަސް ބަދަލުތަކަށް އިޝާރާތް ކުރައްވައި މޭޔަރު އާތިފް ލިޔުއްވާފައިވެއެވެ.
މޭޔަރުގެ މި ފާޑުކިޔުމާއެކު، ސިޓީތަކާއި ރަށްރަށުގެ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ހިންގުމާއި، މުސާރައިގެ ކަންކަމުގައި ސަރުކާރުގެ އިދާރާތަކުގެ މެދުގައި ކަންކަން ނިންމުމުގައި ހުރި އިތުބާރު ނެތް މިންވަރު ހާމަވެގެން ގޮސްފައިވާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
ފިނޭންސް މިނިސްޓްރީން އެންމެ ފަހުން ހާމަކޮށްފައިވާ ގޮތުގައި، ސިޓީ ކައުންސިލްތަކުގެ ޑަބްލިއުޑީސީ ރައީސުންނަށް ދެން މަހަކު ލިބޭނީ 20,000 ރުފިޔާއެވެ. އަދި ނައިބު ރައީސުންނަށް 7,000 ރުފިޔާ ދޭން ނިންމާފައިވާއިރު، މެންބަރުންގެ މުސާރައަކީ 6,000 ރުފިޔާއެވެ. މީގެ އިތުރުން، ރަށްރަށުގެ ޑަބްލިއުޑީސީތަކުގެ ރައީސުންނަށް 15,000 ރުފިޔާ، ނައިބު ރައީސުންނަށް 6,000 ރުފިޔާ، އަދި މެންބަރުންނަށް 5,000 ރުފިޔާ ދިނުމަށް ވަނީ ހަމަޖައްސާފައެވެ. ފިނޭންސް މިނިސްޓްރީން މި އަދަދުތައް ކަނޑައެޅީ، މުސާރަ ބޮޑުކުރަން ނޭޝަނަލް ޕޭ ކޮމިޝަނުން ކުރިން ނިންމި ނިންމުމަށް އާންމުންގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވެފައި ވަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު