އެމެރިކާގެ ކެލިފޯނިއާގައި ހުންނަ ޔޫސީ ޑޭވިސް ސްކޫލް އޮފް މެޑިސިންގެ ދަސްވެނިވުމުގެ ރަސްމިއްޔާތެއްގައި، މުސްލިމް ޒުވާނަކު ކުރި ކައިވެނީގެ ޕްރޮޕޯސަލްއަކާއެކު ގިނަ ބައެއްގެ ސަމާލުކަން އެ ހަފުލާއަށް ހުއްޓިއްޖެއެވެ.
މިދިޔަ މެއި މަހުގެ 19 ވަނަ ދުވަހު ބޭއްވި މި ރަސްމިއްޔާތުގައި، މެޑިކަލް ދަރިވަރެއް ކަމަށްވާ ހަބީބް ސަލާމާ ވަނީ އޭނާގެ ދަސްވެނިވުމުގެ އުފާވެރި ވަގުތު އިތުރަށް ފުރިހަމަ ކޮށްލާފައެވެ. ހަބީބް ސްޓޭޖް މަތީގައި ކަކޫ ޖަހައި، އޭނާގެ ބައިވެރިޔާ އަލާއީ އަލްޝަބްރާވީއަށް ކައިވެނި ކުރުމަށް ހުށަހެޅުމުން، އަލާއީ ވަނީ ވަގުތުން އެކަމަށް އެއްބަސްވެފައެވެ.
އަލާއީ "އާއެކޭ" ބުނި ވަގުތަކީ ހަފުލާއަށް ހާޒިރުވެ ތިބި އެންމެންގެ ހަޅޭކާއި އުފާވެރިކަމުގެ އަޑުން މުޅި ތަން ގުގުމާލި ވަގުތެކެވެ. މި އުފާވެރި މަންޒަރާއެކު، އެ ހަފުލާގެ ތެރެއިން ފަލަސްތީނުގެ ދިދަތައް ވިހުރެމުންދިޔަ މަންޒަރު ވަނީ ފެނިފައެވެ. ގިނަ ބަޔަކު ދަނީ މިއީ އިންސާނިއްޔަތުކަމާއި ލޯބި ރަމްޒުކޮށްދޭ ހިތްގައިމު މަންޒަރެއްގެ ގޮތުގައި ސިފަކުރަމުންނެވެ.
ދަސްވެނިވުމުގެ ރަސްމިއްޔާތެއްގެ ތެރެއިން މުސްލިމް ދެ ޒުވާނެއްގެ މެދުގައި ހިނގައިދިޔަ މި އުފާވެރި ވަގުތުކޮޅެއްގެ މަންޒަރުތައް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެ، ގިނަ ބައެއްގެ ހިތްތައް ވަނީ އަތުލައިފައެވެ.
ފޭސްބުކް ފަދަ މަންސަތަކުގައި މި ވީޑިއޯ ބަލާފައިވާ މީހުން ބުނަމުންދަނީ، މިއީ މިފަހަކަށް އައިސް އިންޓަނެޓުން ފެނުނު އެންމެ ހިތްގައިމު އެއް މަންޒަރު ކަމަށެވެ. އަދި މި ދެ ޒުވާނުންނަށް ގިނަ ބަޔަކު ދަނީ ބާއްޖަވެރި މުސްތަގުބަލަކަށް އެދި ހެޔޮ ދުއާ ފޮނުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު