ލ. މައިބައިދޫ، ޝަބްނަމް ހައުސް، ހުސައިން ޝަހްބާން
ލ. މައިބައިދޫ، ޝަބްނަމް ހައުސް، ހުސައިން ޝަހްބާން
ހުޅުމާލޭ ޖަލުގައި ޙުކުމް ތަންފީޒު ކުރަމުންދިޔަ ދިޔަ ޤައިދީއަކު، އަވަސް ފަރުވާ ދިނުމަށް ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ހުއްޓައި ފިލި މައްސަލައިގައި، އެ މީހާ ހޯދައި ކަރެކްޝަނަލް ސާވިސްއާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔުމުން ފިލާފައި ވަނީ ލ. މާބައިދޫ، ޝަބްނަމް ހައުސް، ޙުސެއިން ޝަޙްބާނެވެ.

ކަރެކްޝަންސްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ޝަހްބާން ފިލާފައިވަނީ އަވަސް ފަރުވާއަށް ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައި ހުއްޓާ ކަމަށެވެ. އަދި އޭނާ ހޯދުމަށް ފުލުހުންނާ ގުޅިގެން ހާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް އެ މުއައްސަސާއިން އޭރު ބުނެފައިވެއެވެ.

މިއަދު އިރުއޮއްސެން އުޅެނިކޮށް ފުލުހުން ބުނީ، ޝަހްބާން ހޯދައި ކަރެކްޝަނަލް ސާވިސްއާ ހަވާލުކޮށްފައިވާ ކަމަށެވެ.

ޝަހްބާން އަކީ މިއަހަރުގެ މާޗް މަހުގެ ތެރޭގައި ގ. ހިޔާރޯދި ގޭގައި ރޯކޮށްލި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ދައުވާ އުފުލާފައިވާ މީހެކެވެ. މީގެ އިތުރުން އޭނާ މިހާރު ތަންފީޒު ކުރަމުންދަނީ އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ކުށް ސާބިތުވެ އިއްވާފައިވާ ހުކުމެއް ކަމަށް މައުލޫމާތު ލިބެއެވެ.



ކިޔުންތެރިންގެ ހިޔާލު