ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހެޅުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އަލަށް އުފެއްދެވި "ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ" ގެ އިސްވެރިއަކަށް، މ. ވެލަގަލި، ޑރ. މުހައްމަދު މާހިދު ޝަރީފު އައްޔަންކުރަށްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ މި ބިއުރޯ އުފެއްދެވުމުގެ މައިގަނޑު މަގުސަދަކީ މި ސަރުކާރަކީ ރައްޔިތުންނާ ވީހާވެސް ގާތުން، ރައްޔިތުންގެ އަޑުއަހައިގެން ހިންގާ ސަރުކާރެއްގެ ގޮތުގައި ކުރިއަށް ދިއުމެވެ. މިއީ ރައްޔިތުންގެ ޝަކުވާތަކަށް 24 ގަޑިއިރު ހިދުމަތް ދިނުމަށް ގާއިމުކުރި އޮފީހެކެވެ. މިފަދަ އޮފީހެއް ގާއިމު ކުރަށްވާނެކަން ރައީސް މުއިއްޒު އިއުލާންކުރެއްވީ މިއަހަރުގެ ފެބުރުވަރީ 5 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ޑރ. މާހިދު އައްޔަންކުރެއްވީ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ސިޓިޒަންސް ކޮމްޕްލެއިންޓްސްގެ މަގާމަށެވެ. މި މަގާމަކީ މިނިސްޓަރު ފެންވަރުގެ މަގާމެކެވެ.
މި ބިއުރޯއަށް އާއްމުން ހުށަހަޅާ ޝަކުވާތައް، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އެކުލެވޭ ޑިޖިޓަލް ސިސްޓަމެއްގެ ތެރެއިން މެނޭޖްކުރެވޭނެއެވެ. އަދި ކަމާބެހޭ އިދާރާތަކުން މައުލޫމާތު ސާފުކޮށް، ވީހާވެސް އަވަސް މުއްދަތެއްގެ ތެރޭގައި ޝަކުވާތަކަށް ޖަވާބުދާރީވުމަކީ މި ބިއުރޯގެ މައިގަނޑު މަސްއޫލިއްޔަތެވެ. މީގެ އިތުރުން، މި ބިއުރޯގެ ދަށުން 24 ގަޑިއިރު ހިދުމަތް ފޯރުކޮށްދޭ ކޯލް ސެންޓަރެއްވެސް ކުރިއަށް އޮތްތަނުގައި ގާއިމުކުރެވޭނެއެވެ.
ޑރ. މާހިދަކީ ދައުލަތުގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ، ތަޖުރިބާކާރު ބޭފުޅެކެވެ. އެގޮތުން ސަރުކާރުގެ އެކި ވުޒާރާތަކުގެ ޕާމަނަންޓް ސެކްރެޓެރީކަމާއި، އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސްގެ ޑެޕިއުޓީ ވައިސް ޗާންސެލާކަން އޭނާ ވަނީ ކުރައްވާފައެވެ. މި އާ މަގާމަށް އައްޔަން ކުރެއްވުމާ ހަމައަށް އޭނާ ހުންނެވީ އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (ސީ އޭ މޯލްޑިވްސް) ގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމުގައެވެ. ތައުލީމީ ގޮތުން ޑރ. މާހިދު ވަނީ ޑޮކްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަކުރައްވައި، ޕަބްލިކް ސެކްޓާ މެނޭޖްމަންޓްގެ ރޮނގުން މާސްޓާސް ޑިގްރީ ހާސިލުކުރައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު