ޖޫނިއާ އެން.ޓީ.އާރްގެ އުފަންދުވަހާ ދިމާކޮށް އާންމުކުރި "ޑްރެގަން" ފިލްމުގެ ފުރަތަމަ ޓީޒާއާއެކު ސޯޝަލް މީޑިއާގައި ބޮޑު ތަރުހީބެއް ލިބެމުން އެބަދެއެވެ. މަޝްހޫރު ޑައިރެކްޓަރު ޕްރަޝާންތު ނީލް އާއި އެކްޓަރު ޖޫނިއާ އެން.ޓީ.އާރްގެ މި ވަރުގަދަ ގުޅުމަށް ސަޕޯޓަރުން އަންނަނީ ވަރަށް ބޮޑަށް ތައުރީފު ކުރަމުންނެވެ.
4 މިނެޓާއި 28 ސިކުންތުގެ މި ޓީޒާއިން ފެނިގެންދަނީ 1967 ވަނަ އަހަރުގެ ތެރޭގައި ހިނގާ ކަންތައްތަކެކެވެ. މީގައި މައިގަނޑު ގޮތެއްގައި ދައްކުވައިދެނީ ބައިނަލްއަޤުވާމީ މަސްތުވާތަކެތީގެ ވިޔަފާރިއާއި، އިސްތިއުމާރީ ޒަމާނުގެ ކުރިމަތިލުންތަކުގެ ތެރެއިން އުފެދޭ އަނދިރި އަދި ނުރައްކާތެރި މާހައުލެކެވެ.
މި ފިލްމުގައި ޖޫނިއާ އެން.ޓީ.އާރް ފެންނަނީ "އަފްޣާން ޓްރޭޑިންގް ކޮމްޕެނީ" ގެ އިސް ޤާތިލެއް ކަމަށްވާ "ލޫގަރ" ގެ ވަރުގަދަ ރޯލުންނެވެ. އޭނާގެ ފެނިލުމާއި، ވާހަކަދެއްކުމުގެ ވައްޓަފާޅިއަށް ސަޕޯޓަރުން އަންނަނީ އާޝޯޚުވަމުންނެވެ. ބައެއް ސަޕޯޓަރުން ބުނާ ގޮތުގައި މި ފިލްމަކީ ސިނަމާތަކަށް އަންނާނެ ވަރުގަދަ ތޫފާނެކެވެ.
ޕްރަޝާންތު ނީލްގެ ތަފާތު ޑައިރެކްޝަނާއި، ފިލްމުގެ ކުލަތަކާއި މަންޒަރުތައް ހުރި ގޮތުން މިއީ "ކޭ.ޖީ.އެފް" ޔުނިވާސްއާ ގުޅުންހުރި ފިލްމަކަށް ވެދާނެ ކަމަށް ވެސް ބައެއް މީހުން އަންނަނީ ލަފާކުރަމުންނެވެ. ޓީޒާގައި ދެން އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ އިންޑިއާގެ ނާކޮޓިކްސް ބިއުރޯގެ ވެރިޔާ "ރަގޫވީރު ރާތޯޑް" ގެ ރޯލުން ފެންނަ އަނިލް ކަޕޫރެވެ. މިއީ ޖޫނިއާ އެން.ޓީ.އާރްގެ ކެރެކްޓާއާ ދެކޮޅަށް ފެންނާނެ ވަރުގަދަ ރޯލެކެވެ.
މި ފިލްމުގައި ޖޫނިއާ އެން.ޓީ.އާރް އާއި އަނިލް ކަޕޫރުގެ އިތުރުން ބިޖޫ މެނަން، ރުކްމިނީ ވަސަންތު، ޚުޝްބޫ ސުންދަރު، އަދި ގުރޫ ސޯމަސުންދަރު ފަދަ ހުނަރުވެރި ތަރިން ފެނިގެންދާނެއެވެ. ޓީޒާގެ ސިނެމަޓޯގްރަފީ އާއި ބެކްގްރައުންޑް މިއުޒިކަށް ގިނަ ބައެއްގެ ތައުރީފު ވަނީ ލިބިފައެވެ.
"ޑްރެގަން" އަކީ ޕްރަޝާންތު ނީލް އާއި ޖޫނިއާ އެން.ޓީ.އާރްގެ ފުރަތަމަ މަސައްކަތެވެ. މައިތުރީ މޫވީ މޭކާސް އާއި އެން.ޓީ.އާރް އާޓްސް ގުޅިގެން އުފައްދާ މި އެކްޝަން ފިލްމު ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ސިނަމާތަކަށް ނެރުމަށް ހަމަޖެހިފައިވަނީ 11 ޖޫން 2027 ގައެވެ.

ކިޔުންތެރިންގެ ހިޔާލު