ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެންބަރުކަމަށް، ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާ މެންބަރެއްގެ ހައިސިއްޔަތުން އަލްއުސްތާޛު ޢަލީ ނަޞީރު ޤާސިމް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ޢައްޔަންކުރައްވައިފިއެވެ.

ޖޭއެސްސީގައި ރައީސް މުއިއްޒު ތަމްސީލްކުރައްވާ މެންބަރު ކަމުގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި ޔަޒުމީދު މުހައްމަދު ކޮމިޝަނުން އިސްތިއުފާ ދެއްވުމުންނެވެ.

ރައީސް އޮފީހުން މިއަދު ބުނީ ޢަލީ ނަޞީރު ކޮމިޝަނުގެ މެންބަރުކަމުގެ ހުވާކުރައްވައި ހުވާގެ އިގުރާރުގައި ސޮއިކުރައްވާފައި ވާކަމަށެވެ. އޭނާއަށް ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިނެވެ.

އެ ރަސްމިއްޔާތުގައި ޖޭއެސްސީގެ މެންބަރުކަމަށް އައްޔަންކުރެއްވިކަމުގެ ލިޔުން ނަޞީރަށް، ރައީސް މުއިއްޒު ހަވާލުކުރައްވާފައިވެއެވެ.

ޢަލީ ނަޞީރު މީގެ ކުރިން މަސައްކަތްކުރެއްވީ ފުލުހުންގެ އިންޓެލްގަ އެވެ. މި މަގާމަށް އައްޔަންކުރުމުގެ ކުރިން އޭނާ ހުންނެވީ ޕޮލިސް ބޯޑުގެ މެންބަރުކަމުގައެވެ.



ކިޔުންތެރިންގެ ހިޔާލު