ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ބޭރުކުރާ މަހަށް ނަގާ ޓެރިފް ކަނޑާލުމަކީ ދިވެހި މަހުގެ ބާވަތްތަކަށް އިނގިރޭސިވިލާތުގެ ބާޒާރުގައި ފުރުސަތުތައް ފަހިވެގެންދާނެ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މީސްމީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައެވެ. އެގޮތުން ރައީސް ވިދާޅުވީ، 2026 މެއި 20 އިން ފެށިގެން، ކަނޑުމަހުގެ އިމްޕޯޓް ޑިއުޓީ ނުވަތަ ޓެރިފް ކަނޑާލުމަށް އިނގިރޭސިވިލާތުން ނިންމި ނިންމުމަށް ހޫނު މަރުޙަބާއެއް ދަންނަވާ ކަމަށެވެ.
އަދި މި މުހިންމު ނިންމުމުގެ ސަބަބުން އިނގިރޭސިވިލާތުގެ ކޮންސިއުމަރުންނަށް ލުއިތަކެއް ލިބިގެންދާނެ ކަމަށާއި. މިއީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށްވެސް ބޮޑެތި ފައިދާތަކެއް ކުރާނެ ނިންމުމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން މި ނިންމުމުގެ ސަބަބުން މަސްވެރިންގެ އާމްދަނީ ބޮޑުވެ، ރަށްފުށުގެ ދިރިއުޅުމުގެ ފެންވަރު މަތިވެ، ދެމެހެއްޓެނިވި ގޮތެއްގައި ބާނާ ދިވެހި ކަނޑުމަހަށް އިނގިރޭސި ބާޒާރުގައި އޮތް ފުރުސަތުތައް އިތުރަށް ފުޅާވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ދިވެހިރާއްޖެއަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ، ދެމެހެއްޓެނިވި އަދި ޒިންމާދާރު ގޮތުގައި ދޮށީގެ މަސްވެރިކަން ކުރާ ޤައުމެއްކަން ފާހަގަ ކުރަށްވައި، ޓެރިފް ކަނޑާލުމަށް އިނގިރޭސިވިލާތުން މި ނިންމި ނިންމުމަކީ ދެމެހެއްޓެނިވި ވިޔަފާރިއާއި އިގުތިސާދީ ވިލުންތެރިކަމަށް ދެޤައުމު ގުޅިގެން ކުރާ މަސައްކަތްތަކަށް ދަލީލުކޮށްދޭ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވިއެވެ.
އެމަނިކުފާނުގެ މެސެޖު ނިންމަވާލެއްވީ ދިވެހި މަސްވެރިކަމަށާއި އިގުތިސާދީ ކުރިއެރުން ލިބޭ މި ބަދަލު ގެނައުމަށްޓަކައި މަސައްކަތްކޮށްދެއްވި އިނގިރޭސިވިލާތުގެ ސަރުކާރާއި އަދި ކަމާގުޅޭ އެންމެހާ ބައިވެރިންނަށް ޝުކުރު އަދާކުރަށްވަމުންނެވެ.
ދިވެހި މަހުގެ ބާވަތްތަކަށް އިނގިރޭސިވިލާތުން ޓެރިފް ނެގުން މެދުކަނޑާލާފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ އިނގިރޭސިވިލާތަށް މިދިޔަ އަހަރު ކުރެއްވި ރަސްމީ ދަތުރުފުޅުގައިވެސް މަސްވެރިކަމާ ގުޅޭ މަޝްވަރާތައް ކުރިއަށްގެންދަވާފައިވެއެވެ. މި މަޝްވަރާތަކުގައިވެސް ރައީސުލްޖުމްހޫރިއްޔާ އެންމެ އިސްކަމެއްދެއްވި އެއް ކަމަކީ ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ބޭރުކުރާ މަހަށް ނަގަމުންއައި ޑިއުޓީ ކަނޑާލުމަށް ބާރުއެޅުއްވުމެވެ.
ރައީސް އޮފީހުން ބުނީ، ދިވެހިރާއްޖޭގެ މަހަށް ބޭރު ދުނިޔޭގައި މަގުބޫލުކަން ހޯދައި ރާއްޖެއިން ދުނިޔޭގެ އެކި ކަންކޮޅުތަކަށް މަހުގެ ބާވަތްތައް ބޭރުކުރުމަށް އެކިއެކި ފުރުސަތުތައް ހޯދައިދެއްވުމަށް ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުން ކަމަށެވެ. އިނގިރޭސިވިލާތަކީ ދިވެހިރާއްޖެއިން ދެވަނައަށް އެންމެ ގިނައިން ކަނޑުމަސް ބޭރުކުރާ ޤައުމެވެ. އަދި އިނގިރޭސިވިލާތަށް ނުވަ ވަނައަށް އެންމެ ގިނައިން ކަނޑުމަހުގެ އުފެއްދުންތައް އެތެރެކުރަނީ ދިވެހިރާއްޖެއިންނެވެ.

ކިޔުންތެރިންގެ ހިޔާލު