ރާއްޖޭގައި ބޭނުންކުރާ މުހިންމު ބޭސްތައް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން އުފައްދާފައިވާ "ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން" (ސްޓޭޓް ފާމާ) ގެ ފުރަތަމަ ފާމަސީ ރަސްމީކޮށް ހުޅުވައިފިއެވެ.
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ އޯޕީޑީ ސަރަހައްދުގައި ހުޅުވި މި ފާމަސީ އިފްތިތާހުކޮށްދެއްވީ ބުދަ ދުވަހުގެ ހެނދުނު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ސްޓޭޓް ފާމާގެ މެނޭޖިންގ ޑިރެކްޓަރު ޑރ. ޝާހު މާހިރު އާއި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމްގެ އިތުރުން ދާއިރާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ފާމަސީ ހުޅުވާފައިވަނީ ކުރިން އެސްޓީއޯގެ ފާމަސީ ހިންގި އިމާރާތުގައެވެ. ސްޓޭޓް ފާމާއިން ބުނީ މި ފާމަސީ ހުޅުވުމުގެ މައިގަނޑު މަގްސަދަކީ ފެންވަރު ރަނގަޅު ބޭހާއި ސިއްހީ އާލާތްތައް ރައްޔިތުންނަށް ފަސޭހައިން ލިބޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށެވެ. މިއީ ރާއްޖެއަށް ކުރިމަތިވެފައިވާ ބޭހުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
އައު ފާމަސީ ހުޅުވިފައި ހުންނާނީ ހަފްތާގެ ކޮންމެ ދުވަހަކު 24 ގަޑިއިރަށެވެ. މި ފާމަސީން ޑޮކްޓަރުންގެ ބޭސްސިޓީތަކަށް ބޭސް ދޫކުރުމުގެ އިތުރުން، އާންމުކޮށް ބޭނުންކުރާ ބޭސްތައް ގަންނަން ލިބޭނެއެވެ. ހަމައެއާއެކު ރާއްޖެއިން ލިބެން ނެތް ބޭހެއްގެ ބޭސްސިޓީ ހުށަހަޅާތާ 14 ދުވަހުގެ ތެރޭގައި އެ ބޭހެއް ގެނެސްދޭނެ މެކޭނިޒަމެއް ފާމަސީގައިވަނީ ގާއިމުކޮށްފައެވެ. ހަމައެހެންމެ އައިޖީއެމްއެޗްގައި އެޑްމިޓްކުރާ ބަލިމީހުންނަށް ބޭނުންވާ ބޭހާއި ސިއްހީ އާލާތްތައް ސީދާ ފޯރުކޮށްދިނުމަށް ހޮސްޕިޓަލާއެކު ހާއްސަ އިންތިޒާމެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ސްޓޭޓް ފާމާއިން ބުނެފައިވެއެވެ.
ސަރުކާރުން ކުރިން އިއުލާނުކޮށްފައިވަނީ، އެސްޓީއޯގެ ދަށުން މިހާރު ހިންގަމުންދާ 190 އަށްވުރެ ގިނަ ފާމަސީތައް ކުރިއަށް އޮތް ތަނުގައި ސްޓޭޓް ފާމާގެ ދަށަށް ބަދަލުކުރެވޭނެ ކަމަށެވެ. އެ ކުންފުނީގެ އަމާޒަކީ ރާއްޖޭގެ ކޮންމެ ރަށެއްގެ ކޮންމެ ރައްޔިތަކަށް މެދުކެނޑުމެއް ނެތި ބޭސް ލިބޭނެކަން ކަށަވަރުކުރުމެވެ.
ސްޓޭޓް ފާމާއިން ވަނީ މިދިޔަ މަހު އެ ކުންފުނީގެ ހާއްސަ ޕޯޓަލްއަކާއި 24 ގަޑިއިރު ހިދުމަތްދޭ ހޮޓްލައިން (1505) ވެސް އިފްތިތާހުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު