ދިރިއުޅުމެއް ފަށަން ސީރިއަސް ނުވެވެނީ ގިނައިން ފިރިހެނުންނަށްތަ؟ ނޫނީ އަންހެނުންނަށްތަ؟
ލޯބީގެ ގުޅުންތަކުގައި ކިތަންމެ ވަރަކަށް ލޯބިވިޔަސް އަދި ލޯބިން އެކުގައި އުޅެން ބޭނުންވި ނަމަވެސް ކައިވެންޏަށް ސީރިއަސްވާން ނުވަތަ "ކޮމިޓް" ވާން ޖެހިލުންވުމަކީ ގިނަ ބަޔަކަށް ހާއްސަކޮށް މިއަދުގެ ޒުވާނުންނަށް ދިމާވާ ކަމެކެވެ. މިހެން މިކަން ދިމާވަނީ ވަރުގަދަ ގުޅުމެއް ބާވައިފި ނަމަ އެގުޅުމެއްގެ ސަބަބުން ތިމާގެ މިނިވަންކަން ގެއްލި އެއްކޮށް ބަނދެވުނީ ކަމަށް ގަބޫލުކުރާ މީހުންނަށެވެ. އެއްވެސް ހާލެއްގައި މީހަކާ ސީރިއަސް ގުޅުމެއް ބޭއްވުމަކީ ތިމާގެ މިނިވަންކަން ގެއްލި، މަޅިއެއްގައި ބެދުން ކަމަށް ގަބޫލުކޮށްގެއް ނުވާނެ އެވެ. އެއީ މުޅިން ކުށްހީއެކެވެ.
މިއަދުގެ ދުނިޔޭގައި ކުއްލި ކުއްލިއަށް ވާހަކަދެއްކުން ހުއްޓާލުމާއި، ވަގުތީ އުފަލަށްޓަކައި ބާއްވާ ގުޅުންތައް ގިނަވުމުގެ ސަބަބުން، ސީރިއަސް ގުޅުމަކަށް ދާން ބިރުގަތުމަކީ އާންމު ކަމެކެވެ. މިފަދަ ބިރުވެރިކަމެއް ހުންނަނީ ހަމައެކަނި ގުޅުންތަކަށް ފޫހިވާ މީހުންގެ ނޫނެވެ. ގާތްކަމާއި ލޯތްބަށް ބޭނުންވެފައި ތިބޭ މީހުންގެ ކިބައިން ވެސް މިކަން ފެނިދާނެއެވެ.
މިކަމުން އަރައިގަނެވޭނެ ގޮތްތަކާ ގުޅޭގޮތުން ދެމަފިރިންގެ ގުޅުންތަކާއި ބެހޭ މާހިރެއް ކަމަށްވާ، ތެރަޕިސްޓް ނާރީ ޖީޓާ ބަޔާންކުރާ ގޮތުގައި، ގުޅުމަކަށް ދާން ބިރުގަތުމަކީ އެމީހަކު ގުޅުމަކަށް ބޭނުން ނުވާތީ ވާކަމެއް ނޫނެވެ. ތިމާ މީހަކުދެކެ ލޯބިވެ، އެމީހަކާއެކު އުޅެން ބޭނުންވިޔަސް، "ކޮމިޓްމަންޓް" ނުވަތަ ސީރިއަސްވުމުގެ ވިސްނުން އައުމުން ހާސްވެ، ފަސްޖެހެވެނީއެވެ. މިއީ ތިމާގެ މިނިވަންކަން ގެއްލި، ދުވަހަކުވެސް ސަލާމަތްނުވެވޭނެ ތަނެއްގައި ބަންދުވަނީ ކަމަށް ހީވާތީ ވާގޮތެކެވެ. އަދި އަލުން ހިތާމައެއް ލިބިދާނެތީ އޮންނަ ބިރަކީ ވެސް މީގެ ސަބަބެކެވެ.
ސީރިއަސް ގުޅުމަކަށް ދިއުމަކީ ހިތްދަތިކަމެއް ލިބިދާނެ ފުރުސަތެއް އޮތް ކަމަކަށް ވާތީ، ގިނަ މީހުންނަށް ރައްކާތެރި ގޮތަކީ ދުރުގައި އުޅުން ކަމަށް ފެނެއެވެ. ނަމަވެސް، ލޯބީގެ ހަގީގީ އުފަލާއި، އިތުބާރާއި، ރައްކާތެރިކަން އިހުސާސްކުރެވޭނީ މި ބިރުވެރިކަމުން އަރައިގަނެގެންނެވެ.
ކޮމިޓްމަންޓް އިޝޫސް ނުވަތަ ސީރިއަސްވާން ބިރުގަންނަކަމުގެ ނިޝާންތައް:
1. މުސްތަގުބަލާ މެދު ވިސްނަން ދެކޮޅުހެދުން:
ގުޅުން ރަނގަޅަށް ކުރިއަށްދާއިރު ވެސް، ކުރިއަށް އޮތް ތަނާ ގުޅޭގޮތުން ވާހަކަދައްކަން އުނދަގޫވުމެވެ. މިސާލަކަށް ކުރިއަށް އޮތް ދަތުރެއް ރޭވުމަށް ނުވަތަ ގުޅުމަށް ރަސްމީ ނަމެއް ދޭން ބިރުގަތުމެވެ.
2. އާންމު ދިރިއުޅުމުގެ ކަންކަން އެކުލަވާލަން ހާސްވުން:
ދިރިއުޅުމުގެ ކަންކަން ހިއްސާކުރަން ޖެހޭ ހިސާބުން (މިސާލަކަށް އެކުގައި އުޅެން ފެށުން ނުވަތަ އެކަކު އަނެކެއްގެ އެކުވެރިންނަށް ތައާރަފުވުން) ބިރުގަތުމެވެ. މިއީ ތިމާގެ އަމިއްލަ މިނިވަންކަން ގެއްލިދާނެތީ ވާގޮތެކެވެ.
3. ގުޅުން ކަނޑާލަން ސަބަބުތައް ހޯދުން:
ގުޅުން ސީރިއަސްވާން ފެށުމުން، ބައިވެރިޔާގެ ކިބައިގައި ހުންނަ ކުދިކުދި ކަންތައްތަކަކީ ބޮޑެތި މައްސަލަތަކެއް ކަމަށް ދެކެން ފެށުމެވެ. މިއީ ތިމާއަށް ލިބިދާނެ ހިތްދަތިކަމަކުން ސަލާމަތްވުމަށްޓަކައި، ބައިވެރިޔާ ދުރުކޮށްލުމަށް ސިކުނޑިން ކުރާ ކަމެކެވެ.
4. ހަގީގަތަށްވުރެ ބޮޑަށް "ދެން ވާނީ ކިހިނެއްބާ" އާ މެދު ވިސްނުން:
ލިބިފައިވާ އުފާވެރި ގުޅުމުގެ އުފާ ހޯދުމުގެ ބަދަލުގައި، "މިއަށްވުރެ ރަނގަޅު މީހަކު ހުރެދާނެބާ؟" ނުވަތަ "މިއީ އެންމެ ރަނގަޅު ގޮތްބާ؟" މިފަދަ ސުވާލުތައް އުފައްދައި، ގުޅުމާ މެދު ޝައްކު އުފައްދުމެވެ.
މިކަމުން އަރައިގަންނާނީ ކިހިނެއް؟
1. ބިރުގަންނަނީ ކޮން ކަމަކާ މެދުކަން ދެނެގަތުން:
ތިމާ ބިރުގަންނަނީ ވަކި މީހަކާ ގުޅެންތޯ ނުވަތަ އާންމުކޮށް ސީރިއަސް ގުޅުމަކަށް ދާންތޯ ވިސްނާލާށެވެ. މިކަމުގައި ގާތް ރަހުމަތްތެރިންގެ އެހީތެރިކަން ވެސް ހޯދިދާނެއެވެ.
2. "އަބަދަށްޓަކައި" ނޫން، "މިއަދަށްޓަކައި" ގުޅުމުގައި ދެމިހުރުން:
ސީރިއަސްވުމަކީ މުޅި އުމުރަށް ބަންދުވުން ކަމަށް ނުދެކޭށެވެ. ވަޒީފާއަކަށް ވަންނައިރު ވެސް އެއީ މުޅި އުމުރަށް ކުރާ ކަމެއްގެ ގޮތުގައި ނުދެކޭ ފަދައިން، ގުޅުމަކީ ވެސް އެކަކު އަނެކަކަށް އެންމެ އެކަށީގެންވާހާ ހިނދަކު ދެމިގެންދާނެ ކަމެއް ކަމަށް ދެކޭށެވެ. މިއީ ބޮޑު ބުރައެއްގެ ގޮތުގައި އިހުސާސްވުން ކުޑަކޮށްދޭނެ ކަމެކެވެ.
3. ބައިވެރިޔާއާ އިހުސާސްތައް ހިއްސާކުރުން:
ތިމާގެ ހިތުގައި ހުރި ބިރުވެރިކަމާއި ކަންބޮޑުވުންތައް ބައިވެރިޔާއަށް ކިޔައިދޭށެވެ. ގުޅުން ސީރިއަސްވާން ފެށުމުން ބިރުގަންނަ ކަމަށް ބުނުމަކީ ބައިވެރިޔާއާ އޮންނަ އިތުބާރު ބޮޑުވެ، ދެމީހުންގެ ގުޅުން ވަރުގަދަވާނެ ކަމެކެވެ. އަޅާލާ ބައިވެރިއެއްނަމަ، އެމީހަކު ތިމާއަށް ހިތްވަރުދީ، އެކަމުން އަރައިގަންނަން އެހީތެރިވާނެއެވެ.
ކޮމިޓްމަންޓަކީ ބިރުވެރި ކަމަކަށް ވިޔަސް، އެއީ އުފާވެރި ދިރިއުޅުމަކަށް ހުޅުވޭ ދޮރެކެވެ. އެންމެ މުހިންމީ އަމިއްލަ ނަފްސަށް ވަގުތުދީ، މަޑުމަޑުން މި ބިރުވެރިކަމުން އަރައިގަތުމަށް މަސައްކަތް ކުރުމެވެ.

ކިޔުންތެރިންގެ ހިޔާލު