މާފިލާފުށިން މާލެއަށް ދަތުރު ކުރި ލޯންޗެއް ފަޅައިގެން ގޮސް އެތައް ބަޔަކު ކަނޑުވެއްޖެއެވެ.
ފުލުހުން ބުނީ އެ ހާދިސާގެ ރިޕޯޓެއް ފުލުހުންނަށް ލިބުމާ ގުޅިގެން، މެރިން ޕޮލިސް ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ.
އެމްއެންޑީއެފުން ބުނީ ނޭޝަނަލް ސަރވިސް އިނީޝަލް ޓްރެއިނިންގ ކޯސް-2 ގެ ދަރިވަރުން ގޮވައިގެން މާފިލާފުށިން މާލެއަށް ދަތުރުކުރި އެއް ލޯންޗް، ހުޅުމާލެއާ ހިސާބުން ފަޅައިގެންގޮސް ދިޔަވެ އަޑިއަށް ދާތީ، އެލޯންޗުގައި ތިބި ކުދިން ވަނީ ކަނޑަށް ބާލާފައި ކަމަށެވެ.
އަދި އެ ކުދިން ލޯންޗުތަކަށް ނެގުމަށްފަހު މާލެއަށް ގެނައުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކުރަމުންދާ ކަަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
މި ހާދިސާއާ ގުޅިގެން ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި ކަނޑަށް ބޭލި ހުރިހާ ކުދިންވެސް ތިބީ ލައިފްޖެކެޓް އަޅުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު