އަތޮޅު ކައުންސިލްތައް އުވާލުމަށްފަހު، އޭގެ ބަދަލުގައި ކޮންމެ އަތޮޅެއްގައި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ "އަތޮޅު އޮފީހެއް" ގާއިމުކުރުމަށް ސަރުކާރުން ނިންމި ނިންމުމަކީ ގާނޫނުއަސާސީއާ ޚިލާފު ކަމެއް ކަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއްސުޢޫދު ވިދާޅުވެއްޖެއެވެ.
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއެކު، އާ ދައުރަށް ކައުންސިލަރުން ހުވާކުރުމުން އަތޮޅު ކައުންސިލްތައް ވަނީ އުވިފައެވެ. މިއާއެކު އަތޮޅުތަކުގެ ހިންގުން މިހާރު ވަނީ އެލްޖީއޭގެ ދަށަށް ބަދަލުވެފައެވެ.
މި ބަދަލާ ގުޅިގެން ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އައިޝަތު އިކްރާމް ސޮއިކުރައްވައި އެލްޖީއޭއަށް ފޮނުއްވި ސިޓީއެއްގައި ބުނެފައިވަނީ، އިދާރީ ދާއިރާތަކުގައި ގާއިމުކުރާ މި އޮފީސްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވަން ނިންމަވާފައިވާ ނަމަކީ "ލޯކަލް ގަވަމަންޓް އޮތޯރިޓީ - (އަތޮޅު) އޮފީސް" ކަމަށެވެ. މިސާލެއްގެ ގޮތުން "ލޯކަލް ގަވަމަންޓް އޮތޯރިޓީ - ބ. އަތޮޅު އޮފީސް" ފަދަ ނަންތައް ބޭނުންކުރުމަށް ވަނީ ނިންމާފައެވެ.
މި ނިންމުމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޙުސްނުއްސުޢޫދު ވިދާޅުވީ، މިއީ ގާނޫނުއަސާސީގެ 8 ވަނަ ބާބާއި ގަސްތުގައި ޚިލާފުވުން ކަމަށެވެ. ގާނޫނުއަސާސީގައި އޮތް ގޮތުން އިދާރީ ދާއިރާތައް ހިންގަންވާނީ އެ އަތޮޅެއްގެ ރައްޔިތުން އިންތިޚާބުކުރާ މެންބަރުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި ގާނޫނުއަސާސީއާ ޚިލާފުވި މީހުންގެ މައްޗަށް ދައުވާކުރަންޖެހޭނެ ކަމަށްވެސް ސުޢޫދު ވިދާޅުވިއެވެ.
ލާމަރުކަޒީ ގާނޫނަށް ގެނައި މި ބަދަލާއެކު، އަތޮޅު ކައުންސިލްތަކުގެ އިދާރީ ހިންގުމާއި، އެ ތަންތަނުގެ ބާރުތަކާއި މަސްއޫލިއްޔަތުތައް މިހާރު ވަނީ އެލްޖީއޭގެ ދަށަށް ބަދަލުކޮށްފައެވެ. މީގެ އިތުރުން، އެލްޖީއޭގެ މުވައްޒަފުންނަކީ ސިވިލް ސާވަންޓުންގެ ގޮތުގައި ހަމަޖައްސައި، އެ މުވައްޒަފުން މިހާރު ވަނީ ސިވިލް ސާވިސް ކޮމިޝަންގެ ދަށަށް ބަދަލުކޮށްފައެވެ.
ސަރުކާރުން އެލްޖީއޭއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ، އަތޮޅު ކައުންސިލްތައް އުވުނު ނަމަވެސް، އެ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ ވަޒީފާ ނުގެއްލޭނެ ގޮތަށާއި، އެމީހުންނަށް ލިބެމުންދިޔަ މުސާރައާއި އިނާޔަތްތަކަށް އުނިކަމެއް ނާންނާނެ ގޮތަށް ކަންކަން ހަމަޖެއްސުމަށް ރައީސް އިރުޝާދު ދެއްވާފައިވާ ކަމަށެވެ.
ނަމަވެސް، ރައްޔިތުން އިންތިޚާބުކުރާ ބައެއްގެ ބަދަލުގައި ސަރުކާރުގެ އިދާރާއަކުން އަތޮޅުތައް ހިންގުމަކީ ލާމަރުކަޒީ ނިޒާމުގެ ރޫހާ ޚިލާފު ކަމެއްގެ ގޮތުގައި ގާނޫނީ ބައެއް މާހިރުން ދަނީ ސިފަކުރަށްވަމުންނެވެ.

ގާނޫނުއަސާސީގެ 8 ވަނަ ބާބާއި ގަސްތުގައި ޚިލާފުވެއްޖެ.
— Husnu Al Suood (@husnusuood) May 18, 2026
ގާނޫނުއަސާސީގައި އޮތް ގޮތުން އިދާރީ ދާއިރާއެއް ހިންގަންޖެހޭނީ އަތޮޅުގެ ރައްޔިތުން އިންތިޚާބު ކުރާ މެންބަރުން.
ގާނޫނުއަސާސީއާ ޚިލާފުވީ މީހުން ގެ މައްޗަށް ދައުވާކުރަންޖެހޭ! https://t.co/sCeTc12PHS
ލާމަރުކަޒީ ގާނޫނަށް ގެނައި މި ބަދަލާއެކު، އަތޮޅު ކައުންސިލްތަކުގެ އިދާރީ ހިންގުމާއި، އެ ތަންތަނުގެ ބާރުތަކާއި މަސްއޫލިއްޔަތުތައް މިހާރު ވަނީ އެލްޖީއޭގެ ދަށަށް ބަދަލުކޮށްފައެވެ. މީގެ އިތުރުން، އެލްޖީއޭގެ މުވައްޒަފުންނަކީ ސިވިލް ސާވަންޓުންގެ ގޮތުގައި ހަމަޖައްސައި، އެ މުވައްޒަފުން މިހާރު ވަނީ ސިވިލް ސާވިސް ކޮމިޝަންގެ ދަށަށް ބަދަލުކޮށްފައެވެ.
ސަރުކާރުން އެލްޖީއޭއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ، އަތޮޅު ކައުންސިލްތައް އުވުނު ނަމަވެސް، އެ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ ވަޒީފާ ނުގެއްލޭނެ ގޮތަށާއި، އެމީހުންނަށް ލިބެމުންދިޔަ މުސާރައާއި އިނާޔަތްތަކަށް އުނިކަމެއް ނާންނާނެ ގޮތަށް ކަންކަން ހަމަޖެއްސުމަށް ރައީސް އިރުޝާދު ދެއްވާފައިވާ ކަމަށެވެ.
ނަމަވެސް، ރައްޔިތުން އިންތިޚާބުކުރާ ބައެއްގެ ބަދަލުގައި ސަރުކާރުގެ އިދާރާއަކުން އަތޮޅުތައް ހިންގުމަކީ ލާމަރުކަޒީ ނިޒާމުގެ ރޫހާ ޚިލާފު ކަމެއްގެ ގޮތުގައި ގާނޫނީ ބައެއް މާހިރުން ދަނީ ސިފަކުރަށްވަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު