ފަތުރުވެރިޔާ މޫދުން ނަގައިގެން ރަށަށް ގެންނަނީ
ފަތުރުވެރިޔާ މޫދުން ނަގައިގެން ރަށަށް ގެންނަނީ
ގދ. ވާދޫ ކައިރީގައި ރާޅާ އަޅަން އުޅުނު ފަތުރުވެރިއަކު ގެނބިގެން މިއަދު މަރުވެއްޖެއެވެ.

ފުލުހުން ބުނީ، މި ހާދިސާގެ ރިޕޯޓް އެ މުއައްސަސާއަށް ލިބިފައިވަނީ މިއަދު މެންދުރު 12:57 ހާއިރު ކަމަށެވެ. މި ހާދިސާ ހިނގާފައިވަނީ ވާދޫ ކައިރީގައި އޮތް ސަފާރީއަކުން ރާޅާ އެޅުމަށް މޫދަށް ފާބައި އުޅުމުގެ ތެރޭގައެވެ.

މި ހާދިސާގައި ގެނބުނު ފަތުރުވެރިޔާ ވަގުތުން ގދ. ވާދޫ ސިއްހީ މަރުކަޒަށް ގެންގޮސްފައިވެއެވެ. ސިއްހީ މަރުކަޒާ ހަވާލާދީ ފުލުހުން ބުނީ، އެމީހާ މަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށެވެ.

މި ހާދިސާގައި މަރުވެފައިވަނީ އުމުރުން 53 އަހަރުގެ ސްޕެއިންއަށް ނިސްބަތްވާ ފިރިހެނެކެވެ. ފުލުހުން ދަނީ މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ތަހުގީގު ކުރަމުންނެވެ.

މިއަދު ރާޅާ އަޅަން އުޅުނު ފަތުރުވެރިޔަކު މަރުވެފައިވާއިރު، މީގެ ކުޑަދުވަސްކޮޅެއް ކުރިން ވ. އަތޮޅުގައި ފީނަން އުޅުނު ފަތުރުވެރިންތަކެއް ވަނީ ގެއްލިފައެވެ.



ކިޔުންތެރިންގެ ހިޔާލު