ފާރޫޤް އަޙްމަދު
ފާރޫޤް އަޙްމަދު
ދިވެހި ދައުލަތަށް 41 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި، ފުވައްމުލައް ސިޓީ، މާދަނޑު، ސަމާ، ފާރޫޤް އަޙްމަދު އަވަހާރަވުމުގެ ހިތާމައިގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ ޢާއިލާއަށާއި ފުވައްމުލަކުގެ ރައްޔިތުންނަށް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ، އަވަހާރަވި ފާރޫޤް އަޙްމަދަކީ ވަކީން ޚާއްޞަކޮށް ފުވައްމުލަކު އަތޮޅުވެރިކަމާއި އިދާރީގޮތުން ހިންގުމުގެ އެކި މަޤާމުތަކުގައި ބޮޑެތި ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް ކަމަށެވެ.

އަދި އަޅުގަނޑުމެންނާ އެ ވަކިވެވަޑަައިގަތީ، ދިވެހި އަދަބިއްޔާތަށާއި، ދިވެހި ތާރީޚަށްވެސް ގިނަގުނަ ޚިދުމަތްކުރެއްވި ތަޖުރިބާކާރު އަގުހުރި ޝަޚްޞިއްޔަތެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސްގެ މެސެޖު ނިންމަވާލައްވަމުން، މަރްޙޫމް ފާރޫޤް އަޙްމަދަށް ސުވަރުގޭގެ دާއިމީ ނިޢުމަތް ދެއްވައި، މާތްﷲގެ ތަނަވަސް ރަޙްމަތުގައި ލަހައްޓެވުން އެދި ދުޢާ ކުރައްވާފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު