ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް
ހައްޔަރުކޮށް ޖަލުގައި ބަންދުކޮށްފައިވާ "އަދަދު" ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނަސީރުގެ ހާލަތާ މެދު އާއިލާތެރޭ އުފެދިފައިވާ ބޮޑެތި ކަންބޮޑުވުންތައް ހިސާކުރައްވައި ސަރުކާރުން ސަމާލުކަން ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ގޮވާލައްވައިފިއެވެ.

ލީވާންގެ އާއިލާގެ ބޭފުޅަކު ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ވިދާޅުވެފައިވާ ގޮތުގައި ލީވާން ޖަލަށްލާފައިވަނީ އޭނާގެ ވަޒީފާގެ ޒިންމާ އަދާކުރުމުގެ ސަބަބުންނެވެ. އަދި މިހާރު ޖަލުގައި އޭނާއަށް ލާއިންސާނީ އަދި ނާސިހުތުކަން ބޮޑު މާހައުލެއްގައި އަނިޔާވެރި އަމަލުތަކެއް ކުރިމަތިވަމުންދާ ކަމަށް އާއިލާއިން ތުހުމަތު ކުރެއެވެ. މީގެ އިތުރުން، ޖަލުގެ އިދާރާތަކުން ލީވާން ބޭނުންކުރާ ބޭސްތައް ދިނުމަށް އިންކާރުކޮށް، އާއިލާއިން ފޮނުވާ ފައިސާ ހިފަހައްޓައި، އޭނާގެ އަންނައުނު ފޯރުކޮށްދިނުމަށްވެސް ހުރަސް އަޅަމުންދާ ކަމަށް އާއިލާއިން ވަނީ ބުނެފައެވެ. އާއިލާއިން ސިފަކުރި ގޮތުގައި މިއީ ހަމައެކަނި ބަންދުކުރުމެއް ނޫނެވެ، މިއީ ވަކި މަގުސަދެއްގައި ހިންގާ ނުހައްގު އަނިޔާއެކެވެ.

އާއިލާގެ ކަންބޮޑުވުން ހިމެނޭ މި ޕޯސްޓެއް ކޯޓް ކުރައްވަމުން މީކާއިލް ވިދާޅުވީ، މިއީ ވަރަށް ދަށު ދަރަޖައިގެ އަދި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. ހާއްސަކޮށް މި ދަނޑިވަޅަކީ ދިވެހި ރައްޔިތުންގެ ފުރާނައާ މެދު ސަރުކާރުން އިހުމާލުވަމުންދާ ކަމުގެ ތުހުމަތުތައް ގިނަވެފައިވާ ވަގުތެއްކަން އޭނާ ފާހަގަކުރެއްވިއެވެ.





މީކާއިލް އިތުރަށް ވިދާޅުވީ، ލީވާން އަކީ އަސްލު ހައްޔަރުކުރަންޖެހޭނެ މީހެއް ނޫން ކަމަށާއި، މިހާރުން މިހާރަށް އޭނާއަށް ބޭނުންވާ ސިއްހީ ފަރުވާގެ އެހީތެރިކަން ފޯރުކޮށްދޭންޖެހޭނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު