ތަޢުލީމީ މުއައްސަސާތަކުގައި ބުރުގާ އެޅުން މަނާކޮށް، ކުރީގެ ބީޖޭޕީ ސަރުކާރުން 2022 ވަނަ އަހަރު ނެރުނު މައްސަލަބޮޑު ޔުނިފޯމް އަމުރު ކަރުނާޓަކާ ސަރުކާރުން ރަސްމީކޮށް އުވާލައިފިއެވެ.
ސިޔާސަތަށް ގެނައި މި ބޮޑު ބަދަލާއެކު، މިހާރު ހިންގަމުންދާ ކޮންގްރެސް ކޯލިޝަން ސަރުކާރުން ވަނީ ސްކޫލް ކުދިންނަށް ޔުނިފޯމާއެކު ބުރުގާއާއި، ބޮލުގައި އަޅާ ފޮތިގަނޑާއި، އަދި އެހެނިހެން ދީނީ ރަމްޒުތައް ބޭނުންކުރުމުގެ ހުއްދަ ރަސްމީކޮށް ދީފައެވެ.
ކަރުނާޓަކާ އެޑިއުކޭޝަން އެކްޓް 1983 ގެ ދަށުން ނެރުނު މި އައު ސަރުކާރުގެ އިރުޝާދުގައިވާ ގޮތުން، ދަރިވަރުންނަށް ބުރުގާ، ޕެޓާ ފަގުޑި ޖަނޭއު ޝިވާދަރާ އަދި ރުދުރާކްޝް ފަދަ ދީނީ ރަމްޒުތައް ބޭނުންކުރެވޭނެއެވެ.
ނަމަވެސް އެއީ ކާކުކަން ދެނެގަތުމަށް ފަސޭހަވާނެހެން، ދަރިވަރުންގެ މޫނު ސާފުކޮށް ފެންނަން ހުންނަންޖެހޭނެ ކަމަށް އެ އަމުރުގައި ޝަރުޠުކޮށްފައިވެއެވެ.
މި ނިންމުމާއެކު، މުޅި އިންޑިއާގައި ސިޔާސީ ބޮޑު ހަލަބޮލިކަމެއް އުފެދި، ތަޢުލީމީ މުއައްސަސާތަކުގައި ބުރުގާ އެޅުމާ ގުޅޭގޮތުން ގިނަ ދުވަސްތަކެއް ވަންދެން ހިނގި ޤާނޫނީ ހަނގުރާމައަށް ބޮޑު ބަދަލެއް ވަނީ އައިސްފައެވެ.
ސަރުކާރުގެ މި އައު ފިޔަވަޅަކީ ކުރިން އޮތް ހަރުކަށި ޤަވާޢިދުތަކަށް ލުޔެއްދީ، ދީނީ މިނިވަންކަމަށް މަގުފަހިކޮށްދިނުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު