ޤައުމެއްގެ އިޖްތިމާޢީ ފޭރާން ހަރުދަނާކުރުމުގެ އެންމެ އިސް އަސާސަކީ ބަދަހި ޢާއިލާތަކެއް ބިނާކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤުވާމީ ޢާއިލާތަކުގެ ދުވަހުގެ މުނާސަބަތުގައި މީސްމީޑިޔާގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސް މުޢިއްޒު ވިދާޅުވީ ﷲ އެއްކައުވަންތަކަން ޤަބޫލުކުރުމަށްފަހު މައިންބަފައިންނަށް ހެޔޮކޮށްހިތުމަށް އަމުރުކުރައްވާފައިވުމަކީ، އިސްލާމްދީނުގައި ޢާއިލާއަށް ދީފައިވާ މަތިވެރި ޤަދަރާއި އަހުމިއްޔަތު ހާމަވާ ކަމެއްކަމަށެވެ.

"ޢާއިލާއިން އުފައްދައިދޭ ލޭގެ މަތިވެރި ގުޅުމަކީ ދުވަހަކުވެސް ކެނޑިގެންދާނެ ގުޅުމެއް ނޫން. ޤައުމެއްގެ އިޖްތިމާޢީ ފޭރާން ރަނގަޅުކުރުން ފަށަން ޖެހެނީ ބަދަހި އަދި ހަރުދަނާ ޢާއިލާތަކެއް ބިނާކުރުމާ ހަމައިން." ރައީސް މުޢިއްޒު ވިދާޅުވިއެެވެ.

ރައީސްގެ މި ޕޯސްޓްގައި ދިވެހި ކޮންމެ ރައްޔިތަކަށްމެ ޢާއިލީ ލޯތްބާއި އަޅަައިލުމާއެކު ބާއްޖަވެރި ޙަޔާތަކަށް އެދި ދުޢާކުރައްވައި މި ދުވަހުގެ ތަހުނިޔާ ވަނީ ފޮނުއްވާފައެެވެ.

ކޮންމެ އަހަރެއްގެ މޭ މަހުގެ 15 ވަނަ ދުވަސް ފާހަގަކުރަނީ ބައިނަލްއަޤްވާމީގޮތުން ފާހަގަކުރާ ޢާއިލާތަކުގެ ދުވަހުގެ ގޮތުގައެވެ.



ކިޔުންތެރިންގެ ހިޔާލު