ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް. ޖައިޝަންކަރާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ބާއްވަވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ މިނިސްޓަރު އިރުތިޝާމް މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ ޤައުމުގެ ވެރިރަށް ނިއުދިއްލީގައެވެ.
ފޮރިން މިނިސްޓްރީން ބުނީ މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ރަޙްމަތްތެރިކަމުގެ ގުޅުމާ ބެހޭގޮތުން ދެ ބޭފުޅުން ވަނީ ފުޅާ ދާއިރާއެއްގައި ވާހަކަފުޅު ދައްކަވާފައި ވާކަމަށެވެ.
ވަކިން ޚާއްޞަކޮށް، ދެ ފަރާތުން އިސްކަންދޭ މުހިންމު ދާއިރާތަކުން ދޭދޭ ގުޅުންތައް ބަދަހިކުރުމަށާއި، ބައިނަލްއަޤްވާމީ މަސްރަޙުގައި އެއްބާރުލުން ދިނުމުގެ އުންމީދު ދެ ވަޒީރުން ވެސް އައުކުރައްވާފައި ވާކަމަށް މިނިސްޓްރީން ހާމަކުރިއެވެ.
މީގެ އިތުރުން، އިންޑިއާ ސަރުކާރުގެ އެހީތެރިކަމާއެކު ރާއްޖޭގައި ހިންގާ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި ވަނީ އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އިންޑިއާގެ ހިލޭ އެހީއާއި "ލައިން އޮފް ކްރެޑިޓް" ފެސިލިޓީގެ ދަށުން ރާއްޖޭގައި ކުރިއަށްދާ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މަޝްރޫޢުތައް ފާހަގަކުރައްވައި، އެކަމަށްޓަކައި މިނިސްޓަރު އިރުތިޝާމް ވަނީ އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.
މިނިސްޓަރު އިރުތިޝާމް އިންޑިއާއަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅަކީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް. ޖައިޝަންކަރުގެ ދަޢުވަތަކަށް އެ ޤައުމަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

ކިޔުންތެރިންގެ ހިޔާލު