ދައުލަތް ސަލާމަތްކުރުމަށްޓަކައި ކުރީގެ ތިން ރައީސުން އެކުގައި ނުކުމެވަޑައިގަތުމަށް ގޮވާލުން
ދައުލަތް ސަލާމަތްކުރުމަށްޓަކައި ކުރީގެ ތިން ރައީސުން އެކުގައި ނުކުމެވަޑައިގަތުމަށް ގޮވާލުން
ދިވެހިރާއްޖޭގެ މިހާރުގެ ސިޔާސީ މަޝްރަހާ މެދު ކަންބޮޑުވުން ފާޅުކުރައްވައި، މުޅި ދައުލަތް ސަލާމަތްކުރުމަށްޓަކައި ކުރީގެ ތިން ރައީސުން އެކުގައި ނުކުމެވަޑައިގަތުމަށް އިދިކޮޅު އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އިލްތިމާސްކުރައްވައިފިއެވެ.

ފައްޔާޒް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ވިދާޅުވީ، ރައީސް މުއިއްޒު ހުންނެވީ މަގާމުގެ ހުވަޔާ ހިލާފުވެ، މުޅި ދައުލަތް "ހިސޯރުކޮށްގެން" ކަމަށެވެ.

އަދި ސަރުކާރުގެ އަމަލުތައް ހުރި ގޮތުން ރައީސްގެ "ބުއްދި ފިލައިގޮސްފައިވާ" ކަމަށް ސިފަކުރައްވައި، މިއީ ރައްޔިތުން ނުކުމެ ނުރުހުމުގެ އަޑު އިއްވަންޖެހޭ ވަގުތު ކަމަށް އޭނާ ވިދާޅުވިއެވެ.

މި ހާލަތުން ގައުމު ސަލާމަތްކުރުމަށްޓަކައި، ސިޔާސީ ތަފާތުތައް އެއްފަރާތްކޮށް، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ރައީސް އިބްރާހީމް މުހައްމަދު ސާލިހު އަދި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެކުގައި ނުކުމެވަޑައިގަތުމަށް ފައްޔާޒް ވަނީ ގޮވާލައްވާފައެވެ.އޭނާ ވިދާޅުވީ، އެ ތިން ރައީސުން ކުރައްވާ ކޮންމެ މަސައްކަތެއްގައި ފަސްޖެހުމެއް ނެތި ބައިވެރިވުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.





މީގެއިތުރުން، ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅެމުންދާ ކަމަށް ތުހުމަތުކުރައްވައި، ހައްޔަރުކޮށްފައިވާ ނޫސްވެރިން މިހާރުން މިހާރަށް މިނިވަންކުރުމަށް އިންސާފުވެރި ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކަށް ފައްޔާޒް ވަނީ ބާރުއަޅުއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު