މަޝްހޫރު ލަވަކިޔުންތެރިޔާ ދުއާ ލިޕާގެ ހުއްދައަކާ ނުލައި، ސެމްސަންގް ކުންފުނީގެ ޓީވީ ފޮށިތަކުގައި އޭނާގެ ފޮޓޯ ބޭނުންކުރި މައްސަލައިގައި، ބަދަލުގެ ގޮތުގައި މަދުވެގެން 15 މިލިއަން ޑޮލަރު ހޯދުމަށް އެ ކުންފުންޏާ ދެކޮޅަށް ދައުވާކޮށްފިއެވެ.
ކެލިފޯނިއާގެ ފެޑަރަލް ކޯޓަށް ހުށަހެޅި މި މައްސަލައިގައި ބުނެފައިވާ ގޮތުގައި، އެމެރިކާގެ ފިހާރަތަކުގައި ވިއްކަން ހުރި ސެމްސަންގް ޓީވީ ފޮށިތަކުގެ ކުރިމަތީގައި ދުއާ ލިޕާގެ ކޮޕީރައިޓް ކުރެވިފައިވާ ފޮޓޯއެއް ވަނީ ހުއްދައަކާ ނުލައި ބޭނުންކޮށްފައެވެ. ގްރެމީ އެވޯޑް ހާސިލްކޮށްފައިވާ ދުއާ ލިޕާގެ މަޤުބޫލުކަމާއި އޭނާއަށް އޮތް އިތުބާރުގެ ނާޖާއިޒު ފައިދާ ނަގައި، އެއްވެސް އެއްބަސްވުމެއް ނެތި އޭނާގެ ފޮޓޯ ވިޔަފާރި އިޝްތިހާރު ކުރުމަށް ބޭނުންކޮށްފައިވާ ކަމަށް ދައުވާގައި ފާހަގަކޮށްފައިވެއެވެ.
މި ފޮޓޯ ބޭނުންކުރުން ހުއްޓާލުމަށް ތަކުރާރުކޮށް އެދުމުންވެސް، ސެމްސަންގުން އެކަމަށް އިޖާބަދީފައި ނުވާކަމަށް ދައުވާގައި ބުނެފައިވެއެވެ. އަދި އެ ކުންފުނީގެ އަމަލުތައް ހުރީ ވަރަށް އިހުމާލުކޮށް ކަމަށާއި، މިއަދާ ހަމައަށްވެސް އެމެރިކާގެ ބާޒާރުތަކުގައި މި ފޮޓޯ ޖަހާފައިވާ ޓީވީ ފޮށިތައް ވިއްކަމުންދާ ކަމަށް ބުނެފައިވެއެވެ. މި މައްސަލައިގައި ހިމެނޭ ފޮޓޯއަކީ 2024 ވަނަ އަހަރު ބޭއްވި "އޮސްޓިން ސިޓީ ލިމިޓްސް މިއުޒިކް ފެސްޓިވަލް" ގެ ތެރެއިން ނަގާފައިވާ ފޮޓޯއެއް ކަމަށް މަޢުލޫމާތު ލިބެއެވެ.
ދުއާ ލިޕާގެ ޤާނޫނީ ވަކީލުން ބުނާ ގޮތުގައި އޭނާގެ ސޫރަ ބޭނުންކުރުމުގެ ސަބަބުން ސެމްސަންގް ޓީވީތަކުގެ ވިޔަފާރި ވަނީ އިތުރުވެފައެވެ. މިކަމުގެ ހެއްކެއްގެ ގޮތުން، ފޮށީގައި ދުއާ ލިޕާގެ ފޮޓޯ އިނުމުން ޓީވީ ގަތް ކަމަށް ބުނި ކަސްޓަމަރެއްގެ ވާހަކަވެސް ދައުވާގައި ހިމަނާފައިވެއެވެ.
މީގެ އިތުރުން، ދުއާ ލިޕާއަކީ އޭނާގެ ނަމާއި ސޫރަ ބޭނުންކޮށްގެން އިޝްތިހާރުކުރާ ތަކެތީގެ ފެންވަރަށް ވަރަށް ބޮޑަށް ބަލާ ފަންނާނެއް ކަމަށް ވަކީލުން ބުނެއެވެ. އޭނާގެ ބްރޭންޑްގެ އަގު ހިފެހެއްޓުމަށްޓަކައި ވަކި ހާއްސަ މިންގަނޑުތަކަކަށް ފެތޭ ކުންފުނިތަކާއެކު މެނުވީ މަސައްކަތް ނުކުރާ ކަމަށާއި، ސެމްސަންގަށް މިފަދަ ހުއްދައެއް ދިނުމަކީ އޭނާގެ އުސޫލުތަކާ ހިލާފު ކަމެއް ކަމަށްވެސް ދައުވާގައި ބަޔާންކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު