1971 ވަނަ އަހަރުގެ ކްރިސްމަސް މުނާސަބަތާ ދިމާކޮށް ހިނގި މި ހާދިސާއަކީ ވައިގެ ދަތުރުފަތުރުގެ ތާރީޚުގައި ހިނގާފައިވާ އެންމެ ހައިރާންކުރުވަނިވި އަދި ހިތްވަރުގަދަ އެއް ހާދިސާއެވެ. ޕެރޫގެ ލީމާއިން ފުރައިގެން ދަތުރުކުރި "ލެންސާ ފްލައިޓް 508" އިން، އުމުރުން 17 އަހަރުގެ ޖޫލިއަން ކޮއެޕްކޭ އާއި އޭނާގެ މަންމަ ދަތުރުކުރަމުން ދިޔައީ ބަންދު ދުވަސްތަކަށް ޖޫލިއަންގެ ބައްޕަގެ ގާތަށް ދިއުމަށެވެ. ނަމަވެސް، މި ދަތުރުގެ މަންޒިލަށް ވާސިލުވުމުގެ ނަސީބެއް އެ ފްލައިޓަކަށް ނުލިބުނެވެ.
ބޯޓު އެމެޒޯން ޖަންގަލީގެ މަތިން އުދުހެމުން ދަނިކޮށް، މޫސުން ގޯސްވެ، ބޯޓަށް ހޮނުއެޅުމުގެ ސަބަބުން ބޯޓުގެ ބައިތައް މުޅި ޖަންގަލި ތެރެއަށް ބުރައިގެން ދިޔައެވެ. ތަހުގީގީ އިދާރާތަކުން ހާމަކޮށްފައިވާ ގޮތުގައި، ހޮނުއެޅުމުގެ ސަބަބުން ބޯޓުގެ ތެޔޮ ޓޭންކު ގޮވައި، ގާތްގަނޑަކަށް 10،000 ފޫޓު މަތީގައި ވަނިކޮށް ބޯޓު ވަނީ އެކި ބައިބަޔަށް ވަކިވެފައެވެ. ބޯޓު ކުދިކުދިވެގެން ދިޔަ ވަގުތު، ޖޫލިއަން ބޯޓުން ބޭރަށް ވިއްސައިގެން ދިޔައީ އޭނާ އިށީނދެގެން ހުރި ގޮނޑިބަރީގައި ބަނދެވިފައި އިން ހާލުގައެވެ.
މި ނުރައްކާތެރި ހާދިސާގައި ބޯޓުން ދަތުރުކުރި 90 އަށްވުރެ ގިނަ ފަސިންޖަރުންގެ ތެރެއިން ސަލާމަތްވީ ހަމައެކަނި ޖޫލިއަންއެވެ. ޖަންގަލީގެ ތެރެއަށް ވެއްޓި، ހޭލެވުނުއިރު އޭނާގެ ކޮނޑުކަށިގަނޑު އޮތީ ބިންދައިގެން ގޮސްފައެވެ. މުޅި ހަށިގަނޑު ޒަޚަމްވެ، އެއް ލޯ އޮތީ ދުޅަވެގެން މުޅިންހެން ލެއްޕިފައެވެ. ނަމަވެސް، ލިބިފައިވާ ބޮޑެތި އަނިޔާތަކާއެކުވެސް، ދިރިހުރުމަށްޓަކައި އޭނާ ދެއްކީ ނުގުޑާފަދަ ވަރުގަދަ އަޒުމެކެވެ.
ޖޫލިއަންގެ މައިންބަފައިންނަކީ އެމެޒޯން ޖަންގަލީގައި މަސައްކަތްކުރި ބަޔޮލޮޖިސްޓުން ކަމަށްވުމުން، ޖަންގަލީގެ ނުރައްކާތަކުން ސަލާމަތްވާނެ ގޮތުގެ މުހިންމު ފަންނީ މައުލޫމާތުތަކެއް އޭނާއަށް ކުރިން ވަނީ ލިބިފައެވެ. އޭނާގެ ބައްޕަ ދީފައިވާ އެންމެ މުހިންމު ނަސޭހަތަކީ، ޖަންގަލީގައި މަގުއޮޅިއްޖެނަމަ ކޯރުތަކާއި އޮަހޭ ފެންގަނޑުތަކުގެ މަގުން ދަތުރުކުރުމެވެ. އެއީ އެފަދަ ތަންތަނުން އިންސާނުން އުޅޭ އާބާދީތަކާ ބައްދަލުވުމުގެ ފުރުސަތު ބޮޑުވާނެތީއެވެ.
މެދުކެނޑުމެއްނެތި 11 ދުވަސް ވަންދެން، ވަރުބަލިކަމާއި، ބަނޑުހައިހޫނުކަމާއި، ނުރައްކާތެރި ސޫފާސޫފިތަކާ ހަނގުރާމަކުރަމުން ޖޫލިއަން ކުރިއަށް ދިޔައެވެ. އޭނާގެ ހަށިގަނޑުގެ ޒަޚަމްތަކުގައި ފަނި އަޅާފައި ވަނިކޮށް، ޖަންގަލީ ތެރެއިން ފެނުނު ހަލާކުވެފައިވާ ބޯޓަކުން ފެނުނު ކުޑަ ގޭސްލިން ފޮދެއް ބޭނުންކޮށްގެން އެ ފަނިތައް ނައްތާލިއެވެ. މިކަމުން ދައްކުވައިދެނީ އޭނާގެ ހުރި ބުއްދިވެރިކަމާއި، ހުޝިޔާރުކަމުގެ އިތުރުން ކެތްތެރިކަމުގެ އިންތިހާއެވެ.
އެންމެ ފަހުން ކޯރުގެ އައްސޭރީގައި ހުރި ކުޑަ ހިޔާވައްސަކުން އޭނާއަށް ވަނީ ވަޑާންކުރާ ބަޔަކާ ބައްދަލުވެފައެވެ. އެމީހުން ޖޫލިއަންއަށް ފަރުވާދީ، ރައްކާތެރި ހިސާބަކަށް ގެންގޮސްދިނެވެ. މި ހާދިސާއިން ސަލާމަތްވިތާ އެތައް އަހަރެއް ފަހުން، ޖޫލިއަން ވެސް ވަނީ އޭނާގެ މައިންބަފައިން ފަދައިން ބަޔޮލޮޖިސްޓަކަށް ވެފައެވެ. މިއަދު އޭނާގެ މި ވާހަކައަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފޮތްތަކާއި ފިލްމުތަކުން މަޝްހޫރުވެފައިވާ، އިންސާނަކަށް ކެތްކުރެވޭނެ އެންމެ ފަހު މިންވަރު ދައްކުވައިދޭ ނަމޫނާ ހާދިސާއެކެވެ.

ކިޔުންތެރިންގެ ހިޔާލު