އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ޔޫއޭއީ އާއި ޔޫރަޕުގެ ހަތަރު ގައުމަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް މި ހުކުރު ދުވަހު ފަށްޓަވާނެ ކަމަށް އިންޑިއާގެ ފޮރިން މިނިސްޓްރީން ހާމަކޮށްފިއެވެ.
މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ދަތުރުފުޅުގައި މޯދީ ޒިޔާރަތް ކުރައްވާނީ ޔޫއޭއީގެ އިތުރުން ނެދަލޭންޑްސް، ސްވިޑަން، ނޯވޭ އަދި އިޓަލީއަށެވެ. މިއީ އިގްތިސާދީ އަދި ހަކަތައިގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ކުރައްވާ މުހިންމު ދަތުރުފުޅެކެވެ.
މި ދަތުރުފުޅު މި ކުރައްވަނީ މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވެ، އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލިފައިވާ ދަނޑިވަޅެއްގައެވެ.
ތެލުގެ އަގު ބޮޑުވުމާ ގުޅިގެން އިންޑިއާގެ ބޭރު ފައިސާގެ ރިޒާވަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާތީ، މި ދަތުރުފުޅުގެ ތެރެއިން ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މުހިންމު މަޝްވަރާތަކެއް ކުރެވޭނެ ކަމަށް ބެލެވެއެވެ.
ހަނގުރާމައިގެ ސަބަބުން އިންޑިއާގެ އިގްތިސާދަށް ކުރަމުންދާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި، ބޮޑުވަޒީރު މޯދީ ވަނީ ދާދިފަހުން އިންޑިއާގެ ރައްޔިތުންނަށް ހާއްސަ އިލްތިމާސެއްވެސް ކުރައްވާފައެވެ.
އެގޮތުން ތެލާއި ބޭރު ފައިސާ އިގްތިސާދު ކުރުމަށްޓަކައި، ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް މަދުކުރުމަށާއި، ގޭގައި ތިބެގެން މަސައްކަތް ކުރުމުގެ އުސޫލުތަކަށް ރުޖޫއަވުމަށް އެމަނިކުފާނު ވަނީ ބާރުއަޅުއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު