ނޫސްވެރިންގެ މައްޗަށް ޖިނާއީ ދައުވާ އުފުލައި، މަސްދަރު ހާމަކުރަން މަޖުބޫރުކޮށް، ނޫސްތަކކުގެ އޮފީހަށް ރެއިޑްކޮށް، މުދަލާއި ސާމާނު ހިފެހެއްޓުމާއި، ނުރުހޭ ސުވާލެއް ކޮށްފިނަމަ ނޫސްވެރިން ޕްރެސް ކޮންފަރެންސްތަކުން ނެރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ، ރާއްޖޭގެ އޮންލައިން ނޫހަކުން ތައްޔާރުކުރި ކަމަށް ތުހުމަތުކުރެވޭ ޑޮކިއުމެންޓްރީއަކާ ގުޅިގެން، އެނޫހުގެ ވެރިންނަށް ދައުވާ ކޮށްފައިވާ ދަނޑިވަޅެއްގައެވެ. އަދި އެމައްސަލައާ ގުޅުންހުރި ސުވާލެއް ކުރުމުން ރައީސް އޮފީހުން މިއަދު ވަނީ ނޫސްވެރިއަކު ބޭރުކޮށްފައެވެ.
އެކަމާ ގުޅިގެން ރައީސް ނަޝީދު މިއަދު ވިދާޅުވީ، ރައީސް އޮފީހުގެ ޚަބަރު ގެނެސްދިން ނޫހަށް ދަޢުވާކޮށް،އެ މައްސަލައާ ގުޅޭ ވާހަކައެއް ނުދެއްކޭނެ ކަމަށް ބުނެ ކޯޓު އަމުރެއް ނެރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. ހަމައެއާއެކު، ނޫސްވެރިކަމުގެ މިނިވަންކަމަކީ ޙިމާޔަތް ކުރެވެން ޖެހޭ ޙައްޤެއް ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.
"މި ކޯޓު އަމުރާ ފާޅުގައި ގިނަ ބަޔަކު ހިލާފުވުމަކީ، ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގުގައި ކުރެވޭނެ އިހުތިޖާޖެއް. އަޅުގަނޑު މިހުރީ ކޯޓު އަމުރާ ހިލާފުވާން ތައްޔާރަށް." ރައީސް ނަޝީދު ވިދާޅުވި އެވެ.
މީގެއިތުރުން ޑޮކިއުމެންޓްރީގެ މައްސަލައިގައި އަދަދު ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒް މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް އުފުލާފައިވާ ދައުވާތައް އަނބުރާ ގެންދިޔުމަށްވެސް ރައީސް ނަޝީދު ވަނީ ގޮވާލައްވާފައެވެ.
ރައީސް ނަޝީދު މިކަމަށް ގޮވާލަށްވާފައިވާއިރު، ފިޔާޒް އާއި ހަސަންގެ މައްޗަށް ކުރަނީ ގަޒްފު ކުރުމުގެ ކުށުގެ ދައުވާ އެވެ. ދައުވާ އުފުލި ސަބަބެއް ކަމަށް ބުނެފައި ވަނީ އަދަދުގެ އެޑިޓަރުންގެ ގޮތުގައި ފިޔާޒް އާއި ހަސަން ތިބެ، ރައީސް މުއިއްޒަށް ތުހުމަތުތަކެއް ރައްދުވާ ގޮތަށް ޑޮކިއުމެންޓަރީއެއް ޕަބްލިޝްކޮށްފައިވުމެވެ.
އެ މައްސަލައިގެ ޝަރީއަތް ކުރިއަށްގެންދަން ކޯޓުން ނިންމާފައި ވަނީ ސިއްރުކޮށްގެންނެވެ.

Raees ofeehuge muazzafaku vanee Raees Dr. Muizzu aa eku, Raees ofeehugai badh-akhlaagee amalu hingikamah bunefai. Raees ofeehuge muazzafu ehen bunee Adhadhu noos medhuveri koh kamaun e noohah vanee dhauvaa ufulaafai. Court in vanee e kamaa gulhey eh ves vaahakaeh nudhehkeyne…
— Mohamed Nasheed (@MohamedNasheed) May 11, 2026
"މި ކޯޓު އަމުރާ ފާޅުގައި ގިނަ ބަޔަކު ހިލާފުވުމަކީ، ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގުގައި ކުރެވޭނެ އިހުތިޖާޖެއް. އަޅުގަނޑު މިހުރީ ކޯޓު އަމުރާ ހިލާފުވާން ތައްޔާރަށް." ރައީސް ނަޝީދު ވިދާޅުވި އެވެ.
މީގެއިތުރުން ޑޮކިއުމެންޓްރީގެ މައްސަލައިގައި އަދަދު ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒް މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް އުފުލާފައިވާ ދައުވާތައް އަނބުރާ ގެންދިޔުމަށްވެސް ރައީސް ނަޝީދު ވަނީ ގޮވާލައްވާފައެވެ.
Noosveringe machchah jinaaee dhauva ufulai, masdharu haama kuran majubooru koh, noohuge office raid koh, mudhalaai saamaanu hifehettumaai, nuruhey suvaaleh kureemaa press conference thakun noosverin nerumakee balaiganeveyne kameh noon!@AdhadhuMV ge CEO @hussainfiyaz adhi editor… pic.twitter.com/xocWCvWHoL
— Mohamed Nasheed (@MohamedNasheed) May 11, 2026
ރައީސް ނަޝީދު މިކަމަށް ގޮވާލަށްވާފައިވާއިރު، ފިޔާޒް އާއި ހަސަންގެ މައްޗަށް ކުރަނީ ގަޒްފު ކުރުމުގެ ކުށުގެ ދައުވާ އެވެ. ދައުވާ އުފުލި ސަބަބެއް ކަމަށް ބުނެފައި ވަނީ އަދަދުގެ އެޑިޓަރުންގެ ގޮތުގައި ފިޔާޒް އާއި ހަސަން ތިބެ، ރައީސް މުއިއްޒަށް ތުހުމަތުތަކެއް ރައްދުވާ ގޮތަށް ޑޮކިއުމެންޓަރީއެއް ޕަބްލިޝްކޮށްފައިވުމެވެ.
އެ މައްސަލައިގެ ޝަރީއަތް ކުރިއަށްގެންދަން ކޯޓުން ނިންމާފައި ވަނީ ސިއްރުކޮށްގެންނެވެ.
ކިޔުންތެރިންގެ ހިޔާލު