ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އިން ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރި ހުރަސްތަކާ މެދު ކަންބޮޑުވުން ފާޅުކޮށް، "އަަދަދު" ނޫހުގެ ނޫސްވެރިންނަށް ކުރާ ޖިނާއީ ދައުވާތައް އަނބުރާ ގެންދިއުމަށް ގޮވާލައިފިއެވެ.
ސީޕީޖޭ އިން ބުނެފައިވަނީ "އަދަދު" ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޖިނާއީ ދައުވާތައް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަގުތުން ދޫކޮށްލަން ޖެހޭ ކަމަށެވެ.
ނޫސްވެރިކަމުގެ މަސައްކަތްތަކާ ގުޅުވައި ޖިނާއީ ދައުވާ އުފުލުމަކީ ނޫސްވެރިކަމުގެ މިނިވަންކަމަށާއި، ޑިމޮކްރެޓިކް ނިޒާމެއްގައި އޮންނަންޖެހޭ ޖަވާބުދާރީވުމުގެ ރޫހަށް އޮތް ނުރައްކަލެއްގެ ގޮތުގައި އެ ޖަމާއަތުން ވަނީ ސިފަކޮށްފައެވެ.
މީގެ އިތުރުން، ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އުނދަގޫ ސުވާލެއް ކުރިމަތިކުރުމާ ގުޅިގެން "އަދަދު" ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން އެ ބައްދަލުވުމުން ބޭރުކޮށްލި ހާދިސާ ސީޕީޖޭ އިން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
އެ ޖަމާއަތުން ބުނި ގޮތުގައި ނޫސްވެރިންނަށް އެއްވެސް ބިރުދެއްކުމެއް ނެތި ސުވާލުކުރުމުގެ ފުރުސަތު އޮންނަންޖެހޭނެ ކަމަށާއި، ނޫސްވެރިން މަސައްކަތުން އެކަހެރިކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
ސީޕީޖޭ އިން އިތުރަށް ބުނީ، ނޫސްވެރިންނަށް އެމީހުންގެ މަސައްކަތް މިނިވަންކަމާއެކު ކުރުމަށް ސަރުކާރުން ފަހިކޮށްދޭން ޖެހޭނެ ކަމަށެވެ.

#Maldives: We call on the Maldives Prosecutor General’s Office to immediately drop all criminal charges against @AdhadhuMV journalists Hussain Fiyaz Moosa and Hassan Mohamed. Criminalizing journalism poses a serious threat to press freedom and democratic accountability.
— CPJ Asia (@CPJAsia) May 11, 2026
We also… https://t.co/gDdkVNLZfk
ނޫސްވެރިކަމުގެ މަސައްކަތްތަކާ ގުޅުވައި ޖިނާއީ ދައުވާ އުފުލުމަކީ ނޫސްވެރިކަމުގެ މިނިވަންކަމަށާއި، ޑިމޮކްރެޓިކް ނިޒާމެއްގައި އޮންނަންޖެހޭ ޖަވާބުދާރީވުމުގެ ރޫހަށް އޮތް ނުރައްކަލެއްގެ ގޮތުގައި އެ ޖަމާއަތުން ވަނީ ސިފަކޮށްފައެވެ.
މީގެ އިތުރުން، ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އުނދަގޫ ސުވާލެއް ކުރިމަތިކުރުމާ ގުޅިގެން "އަދަދު" ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން އެ ބައްދަލުވުމުން ބޭރުކޮށްލި ހާދިސާ ސީޕީޖޭ އިން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
އެ ޖަމާއަތުން ބުނި ގޮތުގައި ނޫސްވެރިންނަށް އެއްވެސް ބިރުދެއްކުމެއް ނެތި ސުވާލުކުރުމުގެ ފުރުސަތު އޮންނަންޖެހޭނެ ކަމަށާއި، ނޫސްވެރިން މަސައްކަތުން އެކަހެރިކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
ސީޕީޖޭ އިން އިތުރަށް ބުނީ، ނޫސްވެރިންނަށް އެމީހުންގެ މަސައްކަތް މިނިވަންކަމާއެކު ކުރުމަށް ސަރުކާރުން ފަހިކޮށްދޭން ޖެހޭނެ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު