ސިވިލް ސަރވިސްގެ ބައެއް މުވައްޒަފުންގެ މުސާރަ "ޕޭ ހާމަނައިޒް" ކުރުމުގެ ތެރޭގައި ދިމާވި މައްސަލަތައް މިހާރު ހައްލުކޮށްފައިވާ ކަމަށާއި، މި މަހުން ފެށިގެން އެ މުވައްޒަފުންގެ މުސާރަ ބޮޑުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، މުސާރަ އެއްހަމަކުރުމުގެ މަސައްކަތް ޕޭ ކޮމިޝަނުން ކުރިއަށް ގެންދިޔައިރު، ބައެއް ދާއިރާތަކުގެ މުވައްޒަފުންނަށް އެދެވޭ ބަދަލެއް ނައިސް، އަދި ބައެއް މުވައްޒަފުންގެ މުސާރަ ކުޑަވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ އެޗް.އާރް ދާއިރާގެ މުވައްޒަފުން ލީގަލް (ޤާނޫނީ) ދާއިރާގެ މުވައްޒަފުންގެ އިތުރުންކައުންސިލްތަކުގެ ބައެއް މަޤާމުތަކުގައި ތިބި މުވައްޒަފުންކަމަށް ރައީސް ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ މި މަހު މުސާރަ ލިބޭއިރު، ޖުމްލަކޮށް މިކަހަލަ މުސާރަ މައްޗަށް ނުގޮސް ތިބި ފަރާތްތަކުގެ މައްސަލަ ހައްލުވާނެ،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ޕޭ ކޮމިޝަނުން މިހާރު ވަނީ އެ މައްސަލަތައް އިސްލާހުކޮށް، މުސާރަ ބޮޑުވާނެކަމުގެ ޔަގީންކަން މިއަދު ހެނދުނު ދެއްވާފައެވެ. މީގެ އިތުރުން، ވަޒީފާގައި ގިނަ ދުވަސްވުމުގެ ސަބަބުން ނުވަތަ އެހެނިހެން ޚާއްޞަ ސަބަބުތަކާހުރެ މުސާރައިގެ އޮނިގަނޑުގެ ތެރެއިން ހައްލު ނުލިބޭ އިންޑިވިޖުއަލް ކޭސްތަކަށްވެސް ވަކި ޕެކޭޖުތަކެއް ނުވަތަ ސޮލިއުޝަންތަކެއް ޕޭ ކޮމިޝަނުން ހޯދައިދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް މުޢިއްޒު ވިދާޅުވީ، މުސާރައިގެ މައްސަލައެއް އޮތް އެއްވެސް މުވައްޒަފަކު ހުރިނަމަ، އެކަން ބަލައި ސަރުކާރުން ހައްލުކޮށްދެއްވާނެ ކަމަށެވެ. މިއީ ސިވިލް ސަރވިސް މުވައްޒަފުންގެ ކުރިއެރުމަށާއި، އެ ފަރާތްތަކަށް ހައްގު މުސާރަ ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު