އެޓެންޝަން ޑެފިސިޓް ހައިޕާ އެކްޓިވިޓީ ޑިސްއޯޑާ ނުވަތަ އޭޑީއެޗްޑީ ހުންނަ ކުދިންނަށް ދޭ އެންމެ މުހިންމު ބޭސް ކަމަށްވާ 'މިތައިލްފެނިޑޭޓް' ރާއްޖެ އެތެރެކުރުން މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.
މި ބޭހަކީ އޭޑީއެޗްޑީ ހުންނަ ކުދިންނަށް ބޭނުންވާ އެންމެ އަސާސީ ބޭސް ކަމަށް ވީނަމަވެސް، ރާއްޖޭގައި މިއީ މަނާ ބޭހެއްގެ ގޮތުގައި އޮތުމުން ގިނަ ބަޔަކު ދިޔައީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މި މައްސަލައާ ގުޅިގެން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހުށަހެޅުއްވި ސިޓީއަކާ ގުޅިގެން، ރައީސް އޮފީހުން މަޖިލީހަށް ވަނީ ޖަވާބު ދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސޮއިކުރައްވައި މަޖިލީހަށް ފޮނުއްވި ސިޓީގައި ބަޔާންކުރައްވާފައިވަނީ، ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލުން ދީފައިވާ ލަފައަކާ އެކު ކެބިނެޓުގައި މަޝްވަރާކުރުމަށްފަހު، ރާއްޖޭގައި މަނާކޮށްފައިވާ ބޭސްތަކުގެ ލިސްޓުން މެތައިލްފެނިޑޭޓް އުނިކުރަން މިދިޔަ މަހު ސަރުކާރުން ނިންމާފައިވާ ކަމަށެވެ. ނަމަވެސް، މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން އެ ލިސްޓަށް ބަދަލު ގެނައުމުގެ ކުރިން މަޖިލީހުގެ ރުހުން ބޭނުންވާތީ، އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީއެވެ.
މި މައްސަލަ ދިރާސާކުރި ސަލާމަތީ ހިދުމަތްތަކާ ބެހޭ (241) ކޮމިޓީން ވެސް ވަނީ މި ބޭސް އެތެރެކުރުމުގެ ހުއްދަ ދިނުމަށް އިއްތިފާގުން ނިންމާފައެވެ. އަދި ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލްގެ ލަފާގެ މަތިން، މި ބޭސް މަނާ ތަކެތީގެ ލިސްޓުން އުނިކުރުމަށް ވަޒީރުންގެ މަޖިލީހުން ވެސް މީގެ ކުރިން އޮތީ ނިންމާފައެވެ.
މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ޖަދުވަލުގައި ހިމެނޭ މަނާ ތަކެތީގެ ލިސްޓުން މި ބޭސް އުނިކުރުމަށް ފާސްކުރީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 51 މެންބަރުންގެ އިއްތިފާގުންނެވެ.
މެތައިލްފެނިޑޭޓް މިހާތަނަށް ރާއްޖެއަށް އެތެރެކުރުން މަނާވެފައި އޮތީ، މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގައި އެއީ މަސްތުވާތަކެތީގެ ބާވަތެއްގެ ގޮތުގައި ކަނޑައަޅާފައި އޮތުމުންނެވެ. އެ ބޭހަކީ އޭޑީއެޗްޑީ ހުންނަ ކުދިންނަށް ބޭނުންވާ މުހިންމު ފަރުވާއަކަށް ވާތީ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ވެސް ވަނީ އެ ބޭސް ލިސްޓުން އުނިކޮށްދިނުމަށް މިދިޔަ އަހަރު މަޖިލީހުގައި އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު