ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި އުފައްދާފައިވާ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން ސިޔާސީ ޕާޓީތަކުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ތަކުރާރުކޮށް ހިލާފުވަމުންދާ ކަމަށް ބުނެ، އެ ޕާޓީ 100,000 ރުފިޔާއިން އިލެކްޝަންސް ކޮމިޝަނުން ޖޫރިމަނާކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އަބްދުއްރަހުމާން ސަލާހް ރަޝީދު ސޮއިކުރައްވައި ޕީއެންއެފްގެ ލީޑަރު ޔާމީނަށް ފޮނުއްވި ސިޓީއެއްގައި ބަޔާންކޮށްފައިވަނީ، އެ ޕާޓީން ބާއްވާ އާންމު ބައްދަލުވުންތަކަކީ ސިޔާސީ ޕާޓީތަކުގެ ގަވާއިދާ އެއްގޮތަށް ކޮމިޝަނުން ހޯދަންޖެހޭ ހުއްދަ ހޯދައިގެން ބާއްވާ ބައްދަލުވުންތަކެއް ނޫން ކަމަށެވެ.
އަދި މިފަދަ ހަރަކާތްތަކުގައި ސުލޫކީ މިންގަނޑާ ހިލާފު ކަންކަން ފެންނާތީ އެކަމާ ގުޅޭގޮތުން ޖަވާބުދާރީވުމަށް ކޮމިޝަނުން އެދުމުން، އެކަމަށް އިންކާރުކޮށް ބައްދަލުވުމަށް ޕީއެންއެފުން ދެކޮޅު ހަދާފައިވާ ކަމަށްވެސް އީސީން ބުނެފައިވެއެވެ.
ރައީސް މުހައްމަދު މުއިއްޒުގެ މައްޗަށް ތުހުމަތުތަކެއް ކޮށް މީޑިއާ އަކުން ގެނެސްދިން ޑޮކިއުމެންޓަރީއަކީ ގުޅިގެން، ޕީއެންއެފްގެ ސަޕޯޓަރުން މަގުމަތީގައި ހިންގާ ހަރަކާތްތަކުގައި ދަނީ ތަކުރާރުކޮށް އެ ވާހަަކަތައް ދައްކަމުންނެވެ. މީގެ ކުރިންވެސް މިފަދަ އަމަލުތައް ހިންގާނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އިލެކްޝަންސް ކޮމިޝަނުން އޮތީ އެ ޕާޓީއަށް ދީފައެވެ.
އީސީން އިތުރަށް ބުނެފައިވަނީ، ޕީއެންއެފުން ސިޔާސީ ޕާޓީތަކުގެ ގާނޫނާއި ގަވާއިދާ ތަކުރާރުކޮށް ހިލާފުވަމުންދާތީ މިހާރު ފިޔަވަޅު އަޅާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި މިފަދަ އަމަލުތައް ތަކުރާރުކުރާނަމަ، ޕާޓީގެ އިތުރުން އެ އަމަލެއް ހިންގުމުގައި ބައިވެރިވާ ވަކިވަކި ފަރުދުންނާ މެދުވެސް ގާނޫނީ ގޮތުން ފިޔަވަޅު އަޅާނެ ކަމުގެ އެންމެ ފަހުގެ އިންޒާރު އެ ކޮމިޝަނުން ވަނީ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު