މިދިޔަ ހަފުތާގައި ރައީސުލްޖުމްހޫރިއްޔާ ސްރީލަންކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ގުޅިގެން މެދުކަނޑާލާފައިވާ ނޫސްވެރިންގެ ބައްދަލުވުންތައް އަލުން ފެށުމަށް ރައީސް އޮފީހުން މިހާރު ވަނީ ނިންމާފައެވެ.
އެގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ހާއްސަ ބައްދަލުވުމެއް މިއަދު ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ.
ރައީސް އޮފީހުން މައުލޫމާތު ދީފައިވާ ގޮތުގައި މި ނޫސްވެރިންގެ ބައްދަލުވުން ކުރިއަށްދާނީ މިއަދު ހެނދުނު 10:00 އިން ފެށިގެން 11:00 އަށެވެ.
މިއީ ސަރުކާރުގެ މަސައްކަތްތަކާއި ގުޅޭގޮތުން ރައްޔިތުންނަށް މައުލޫމާތު ދިނުމަށާއި، ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދާރީވުމަށް ބާއްވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ބައްދަލުވުމެކެވެ.
އާންމު އުސޫލުން ކޮންމެ ހޯމަ ދުވަހަކު މި ބައްދަލުވުން ބާއްވަން ނިންމާފައި އޮތް ނަމަވެސް، މިދިޔަ ހޯމަ ދުވަހު ބައްދަލުވުން ނުބޭއްވުނީ ރައީސް ލަންކާއަށް ކުރެއްވި ދަތުރުފުޅާ ގުޅިގެންނެވެ.
މިއަދު ބައްދަލުވުމުގައި ސަރުކާރުގެ މުހިންމު ނިންމުންތަކާ ބެހޭގޮތުން ރައީސް ވާހަކަފުޅު ދައްކަވާނެ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު