ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ކުރިމަތިވެފައިވާ ކުއްލި ހީނަރުކަމުގެ ސަބަބުން، މިދިޔަ މާރިޗު މަހުން ފެށިގެން މިހާތަނަށް 500 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ބޮޑު ގެއްލުމަކާ ކުރިމަތިލާންޖެހިފައިވާކަން ހާމަކޮށް، ސަރުކާރުގެ އަވަސް އެހީތެރިކަމަށް އިންޑަސްޓްރީގެ އިސް ޖަމުޢިއްޔާތަކުން މިއަދު ގޮވާލައިފިއެވެ.
މިކަމާ ގުޅިގެން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އަދި ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއެޗްގޭމް) އިން ގުޅިގެން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ، ފަތުރުވެރިން އަންނަ މިންވަރު ދަށްވުމުގެ ސަބަބުން މުޅި ޤައުމީ އިޤުތިޞާދަށް އޭގެ ނޭދެވޭ އަސަރު ފޯރަމުންދާކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މި ހީނަރުކަން ދިމާވާން މެދުވެރިވީ، އެމެރިކާއާއި އިސްރާއީލުން އިސްވެ، ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އީރާނަށް ދިން ހަމަލާތަކާ ގުޅިގެން އުފެދިފައިވާ ހަމަނުޖެހުންތަކުގެ ސަބަބުން ކަމަށް ބަޔާނުގައިވެއެވެ. މި ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ މަގު ކަމަށްވާ މެދުއިރުމަތީގެ ވައިގެ ދަތުރުތަކަށް ބުރޫއަރައި، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ވަނީ ވަރަށް ބޮޑުތަން ދަށަށް ގޮސްފައެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މާރިޗު އަދި އޭޕްރީލް މަހުގެ އިތުރުން މި ހިނގާ މެއި މަހުވެސް ފަތުރުވެރިން އަންނަ މިންވަރު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. މިއަހަރުގެ މިހާތަނަށް 8 ލައްކައަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވީ ނަމަވެސް، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު މި މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 5.4 އިންސައްތަ ދަށްވެފައެވެ. މުހިންމު މާކެޓުތަކުން ހަދާފައިވާ ބުކިންތައް ކެންސަލްވަމުންދާތީ، މިއީ ވަޒީފާތަކަށާއި ބޭރު ފައިސާ ލިބޭ މިންވަރަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި ޖަމުޢިއްޔާތަކުން ސިފަ ކޮށްފައިވެއެވެ.
ޚާއްޞަކޮށް، ރާއްޖޭގެ އިޤުތިޞާދުގެ މައިބަދަ ކަމުގައިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި، ގެސްޓްހައުސްތަކާއި، ޓްރެވަލް އެޖެންޓުންނަށް މާލީ ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ. މި މައްސަލައަށް އަވަސް ހައްލެއް ނުލިބިއްޖެނަމަ، ގިނަ ވިޔަފާރިތައް ބަނގުރޫޓުވެ، އެއްކޮށް ހުއްޓުމަކަށް އަތުވެދާނެކަމުގެ އިންޒާރު ބަޔާނުގައި ދީފައިވެއެވެ.
މި ކާރިސާއިން އަރައިގަތުމަށްޓަކައި މަޓާޓޯ އަދި އެންއެޗްގޭމް އިން ވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްޞަ ލޯނު ފެސިލިޓީތަކާއި އިމަޖެންސީ ފައިނޭންސިން ސްކީމްތައް ތަޢާރަފުކުރުމަށް ގޮވާލާފައެވެ. ހަމައެއާއެކު ލޯނުތައް ފަސްކޮށްދިނުމާއި، ރީސްޓްރަކްޗާ ކުރުމަށް އެހީތެރިވުމާއި، ޓެކްސް ދެއްކުން ފަސްކޮށްދިނުމާއި އެކި ފީތައް މަޢާފުކޮށްދިނުމަށް އެދިފައިވެއެވެ. އަދި ހަމައެހެންމެ، އެއާޕޯޓު ތެލުގެ އަގު ކުޑަކުރުމާއި، އިމާރާތްކުރުމަށް ބޭނުންކުރާ ސާމާނުގެ އަގުތަކަށް ލުޔެއް ހޯދައިދިނުމަށް ގޮވާލާފައިވެއެވެ.
ރާއްޖޭގެ ފަތުރުވެރިކަމަކީ މީގެ ކުރިންވެސް ބޮޑެތި ގޮންޖެހުންތަކުން އަރައިގަނެފައިވާ ސިނާޢަތެއްކަން ފާހަގަކުރަމުން، މިހާރު ދިމާވެފައިވާ ހާލަތުން އަރައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރާއި މާލީ އިދާރާތަކުން ގުޅިގެން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް އެ ދެ ޖަމުޢިއްޔާއިން ވަނީ އިލްތިމާސްކޮށްފައެވެ.

Press Release: MATATO and NHGAM Urge Immediate Government Action as Maldives Tourism Losses Exceed USD 500 Million
— MATATO - PATA Maldives Chapter (@matatoMV) May 10, 2026
------------------------------
The Maldives Association of Travel Agents and Tour Operators (MATATO) and the National Hotels and Guesthouses Association of Maldives… pic.twitter.com/hPghbl9WwC
މި ކާރިސާއިން އަރައިގަތުމަށްޓަކައި މަޓާޓޯ އަދި އެންއެޗްގޭމް އިން ވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްޞަ ލޯނު ފެސިލިޓީތަކާއި އިމަޖެންސީ ފައިނޭންސިން ސްކީމްތައް ތަޢާރަފުކުރުމަށް ގޮވާލާފައެވެ. ހަމައެއާއެކު ލޯނުތައް ފަސްކޮށްދިނުމާއި، ރީސްޓްރަކްޗާ ކުރުމަށް އެހީތެރިވުމާއި، ޓެކްސް ދެއްކުން ފަސްކޮށްދިނުމާއި އެކި ފީތައް މަޢާފުކޮށްދިނުމަށް އެދިފައިވެއެވެ. އަދި ހަމައެހެންމެ، އެއާޕޯޓު ތެލުގެ އަގު ކުޑަކުރުމާއި، އިމާރާތްކުރުމަށް ބޭނުންކުރާ ސާމާނުގެ އަގުތަކަށް ލުޔެއް ހޯދައިދިނުމަށް ގޮވާލާފައިވެއެވެ.
ރާއްޖޭގެ ފަތުރުވެރިކަމަކީ މީގެ ކުރިންވެސް ބޮޑެތި ގޮންޖެހުންތަކުން އަރައިގަނެފައިވާ ސިނާޢަތެއްކަން ފާހަގަކުރަމުން، މިހާރު ދިމާވެފައިވާ ހާލަތުން އަރައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރާއި މާލީ އިދާރާތަކުން ގުޅިގެން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް އެ ދެ ޖަމުޢިއްޔާއިން ވަނީ އިލްތިމާސްކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު