ފޮޓޯ: ފުލުހުން
ފޮޓޯ: ފުލުހުން
މީހަކަށް އޮޅިގެން އޭޓީއެމްއަކަށް ދޫކޮށްލެވިފައިވާ ކޭޝް ކާޑެއް ނަގައި، އެ ކާޑު ބޭނުންކޮށްގެން ވިޔަފާރިކޮށްފައިވާ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ފަށައިފިއެވެ.

ފުލުހުން ވަނީ މި މައްސަލައިގައި ތުހުމަތުކުރެވޭ މީހާގެ ވީޑިއޯއެއް އާއްމުކޮށްފައެވެ. ފުލުހުން ބުނީ، މި މީހާއަކީ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓްގައި ހުންނަ އޭޓީއެމްއަށް މީހަކަށް އޮޅިގެން ދޫކޮށްލެވިފައިވާ ކޭޝް ކާޑެއް ނަގައި، އެ ކާޑު ބޭނުންކޮށްގެން އެކި ތަންތަނުން ވިޔަފާރިކޮށްފައިވާ މީހެއް ކަމަށެވެ.

މި މީހާއަކީ ކާކުކަން ދެނެގަތުމަށް ފުލުހުން ކުރި މަސައްކަތުން މިހާތަނަށް އެއީ ކާކުކަން ދެނެގަނެވިފައި ނުވާތީ، އޭނާ ހޯދުމަށް ފުލުހުން ވަނީ އާންމުންގެ އެހީތެރިކަމަށް އެދިފައެވެ.



މި މައްސަލަ މިހާރު ތަޙުޤީޤު ކުރަމުންދަނީ މާފަންނު ޕޮލިސް ސްޓޭޝަނުންނެވެ. އެހެންކަމުން، ފުލުހުން އާއްމުކޮށްފައިވާ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ، މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9660183 އަށް ގުޅައި އެ މަޢުލޫމާތެއް ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

އޭގެއިތުރުން ފުލުހުން ވަނީ މިފަދަ ކަންކަމުގައި އާންމުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު