ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަކޮށްފައިވާ ކެޓަގަރީން، އެފަރާތްތަކުގެ ބަދަލުގައި ބެލެނިވެރިންނަށް ފްލެޓަށް ކުރިމަތިލެވޭނެ އިންތިޒާމު ހައުސިން މިނިސްޓްރީން ހަމަޖައްސައިފިއެވެ.
މިއީ ސަރުކާރުގެ "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުގެ ދަށުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ގެނައި މުހިންމު ބަދަލެކެވެ.
ހައުސިން މިނިސްޓްރީން ހާމަކުރި ގޮތުގައި، އަމިއްލައަށް ފޯމު ފުރަން ދަތިވާ ފަރާތްތަކާއި، 18 އަހަރު ނުފުރޭ ކުދިންގެ ބަދަލުގައި އެފަރާތްތަކަށް ފްލެޓަށް ހުށަހެޅޭނީ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގައި އެ މީހެއްގެ ނުވަތަ އެ ކުއްޖެއްގެ ބެލެނިވެރިޔާގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. މީގެ ކުރިން މި ކެޓަގަރީން ކުރިމަތިލުމުގައި ހުރި ދަތިތަކަށް މި ބަދަލާއެކު ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެެވެ.
މި ފުރުސަތު ހުޅުވާލާނީ މިމަހު 20 ވަނަ ދުވަހުގެ ހެނދުނު 11:00 އިން ފެށިގެންނެވެ. އަދި އަންނަ މަހުގެ 15 ވާ ބުދަ ދުވަހުގެ ރޭގަނޑު 23:59 އާ ހަމައަށް ފޯމު ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
މިބަދަލާ ގުޅޭގޮތުން ހައުސިން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްތަލިބު މިދިޔަ މަހު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަ ކެޓަގަރީގެ ޝަރުތުތައް އިސްލާހުކޮށް، އެފަރާތްތަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.
މި އިސްލާހުގެ ސަބަބުން، ޚާއްސަ އެހީއަށް ބޭނުންވާ ކުދިން ތިބި އާއިލާތަކަށް ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގައި ބައިވެރިވުމަށް އޮތް ހުރަސްތައް ނެތިގޮސް، އާއިލާތަކަށް ބޮޑު ތަސައްލީއެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު