މާލޭގައި ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި، ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާއި އެ ތަކެތި ބަންދުކުރަން ބޭނުންކުރާ ސާމާނުތަކަކާއެކު ދިވެއްސަކާއި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ކައުންޓާ ނާކޮޓިކްސް އޮޕަރޭޝަން ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 35 އަހަރުގެ ދިވެހި ފިރިހެނަކާއި، 29 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ. މި ދެ މީހުން ހައްޔަރުކުރީ މާލޭގެ ގެއެއް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު އަމުރުގައިވާ ގޮތުން، މަސްތުވާތަކެތި ފެނިފައިވަނީ ހައްޔަރުކުރި ބިދޭސީ މީހާ ދިރިއުޅެމުން ދިޔަ އެޕާޓްމަންޓުންނެވެ. އެ ތަނުން 1.03 ކިލޯގެ މަސްތުވާތަކެތީގެ އިތުރުން، މަސްތުވާތަކެތި ކިރަން ބޭނުންކުރާ ކައްޓާއާއި، އެ ތަކެތި ކުދި ޕެކެޓްތަކަށް އަޅައި ބަންދުކުރުމަށް (ޕެކްކުރުމަށް) ބޭނުންކުރާ ސާމާނުތައް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.
ފުލުހުން ކޯޓުގައި ބުނެފައިވާ ގޮތުގައި، މަސްތުވާތަކެތި ފެނުނު އެޕާޓްމަންޓަކީ މި މައްސަލައިގައި ހައްޔަރުކުރި ދިވެހި މީހާއާ ވެސް ގާތް ގުޅުމެއް އޮތް ތަނެކެވެ. އެގޮތުން، އެ އެޕާޓްމަންޓް ތެރޭގައި އޮތް ދަބަހެއް ހުޅުވާފައިވަނީ ދިވެހި މީހާގެ އަތުން ފެނުނު ތަޅުދަނޑިއަކުން ކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.
މި މައްސަލައިގައި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ގާޟީ ޞަފްޢަތު ޙަބީބް ވަނީ ދިވެހި މީހާގެ ބަންދަށް 10 ދުވަސް އަދި ބަންގްލަދޭޝް މީހާގެ ބަންދަށް 15 ދުވަސް ދީފައެވެ.
މީގެ އިތުރުން، ހައްޔަރުކުރި ބިދޭސީ މީހާއަކީ ރާއްޖޭގައި ގާނޫނާ އެއްގޮތަށް މަސައްކަތްކުރާ މީހެއްތޯ، މައްސަލައިގެ ކުރިއަށް އޮތް އަޑުއެހުމުގެ ކުރިން ކަށަވަރުކުރުމަށް ވެސް ގާޟީ ވަނީ އަމުރުކުރައްވާފައެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހްގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު