ދަރިން ތަރުބިއްޔަތުކުރުމުގައި ތަފާތު އެކި ގޮތްތަކާއި އުސޫލުތައް ގެންގުޅެއެވެ. އަޅުގަނޑުމެން ދަރިން ބަލާ ބޮޑުކުރާ ގޮތަށް އަޅުގަނޑުމެންގެ އަގުތަކާއި، މިޒާޖާއި، ސަގާފަތުގެ އިތުރުން އަޅުގަނޑުމެން ތަރުބިއްޔަތުވި ގޮތް ވަރަށް ބޮޑަށް ނުފޫޒު ފޯރުވައެވެ. އެހެން މީހުން ދަރިން ތަރުބިއްޔަތުކުރާ ގޮތަށް ބަލައިލުމުން އެނގޭ އެއް ކަމަކީ، ކޮންމެ އުސޫލެއްގައިވެސް ރަނގަޅު ކަންތައްތަކަކާއި އުނި ކަންތައްތަކެއް ހުންނާނެ ކަމެވެ.
ނިއުޒިލޭންޑްގެ އާއިލާތަކުގެ ލާބަޔާއި މަންފާއަށްޓަކައި، ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ "ޕޭރަންޓިންގ ޕްލޭސް" އިން ކުރި ދިރާސާތަކުން ދައްކާގޮތުގައި، ދަރީން ތަރުބިއްޔަތު ކުރުމުގައި އާއްމުގޮތެއްގައި ބެލެނިވެރިން ބެހިފައިވަނީ 4 އުޞޫލުގެ މައްޗަށެވެ. އެއީ ހަރުކަށި އުޞޫލާއި، ދޫދޭ އުޞޫލާއި އަޅާނުލާ އުސޫލުގެ އަދި ޕޭރެންޓް ކޯޗްގެ އުޞޫލެވެ.
1. "ޔެސް ސަރ!" ނުވަތަ ހަރުކަށި އުސޫލު (Authoritarian)
ބައެއް ބެލެނިވެރިންނަކީ ވަރަށް ގިނަ ގަވާއިދުތައް ހަދާ، އެކަމަކު އެ ގަވާއިދުތައް ހަދަންޖެހޭ ސަބަބު ކިޔައިނުދޭ، އަދި ކުދިންނާ އޮންނަ ގުޅުން ކުޑަ ބެލެނިވެރިންނެވެ. މިފަދަ ބެލެނިވެރިން ގަވާއިދުތަކަށާއި އޮނިގަނޑަށް ވަރަށް ބޮޑަށް އިސްކަންދޭއިރު، ކުދިންނަށް ދޭންޖެހޭ ލޯތްބާއި އޯގާތެރިކަން ހުންނަނީ ވަރަށް ދަށް މިންވަރެއްގައެވެ. މިއީ "ސާޖަންޓް މޭޖަރ" އެއްގެ އުސޫލެވެ.
މިފަދަ އާއިލާތަކުގައި ކަންކަން ހުންނަނީ އަސްކަރީ ނިޒާމަކަށެވެ. ކުދިން ބަސްއަހާ، ގަޑިއަށް ފިލާވަޅު ހަދާ، އަދި ނިދަން އޮންނަ ތަން ރީތިކޮށް ބެލެހެއްޓިޔަސް، އެކުދިންނަށް އިހުސާސް ކުރެވެނީ ބެލެނިވެރިން އެކުދިންގެ ވާހަކަ އަޑުނާހާ ކަމަށެވެ. މިފަދަ ބެލެނިވެރިން ދަރިންދެކެ ލޯބިވިޔަސް، އެ ލޯބި ފާޅުކުރަން އުނދަގޫވެއެވެ. އެމީހުން ގަބޫލުކުރާ ގޮތުގައި ދަރިންދެކެ ލޯބިވުމަކީ ދުނިޔޭގައި ކުރިއަށްދިއުމަށް އެކުދިންނަށް ބާރުއެޅުމެވެ.
2. ދޫދޭ އުސޫލު (Permissive)
މިއީ ކުރީގެ އުސޫލާ މުޅިން އިދިކޮޅު ގޮތެކެވެ. މިފަދަ ބެލެނިވެރިން ކުދިންނަށް ވަރަށް ބޮޑަށް ލޯބިދީ، އެކުދިން ބޭނުންވާ ކަންކަން ބަލައިގަނެއެވެ. ނަމަވެސް، އެއްވެސް މިންގަނޑެއް ނުވަތަ ހުދޫދެއް ކަނޑައެޅުމަށް މި ބެލެނިވެރިން ފަސްޖެހެއެވެ. މިފަދަ ބެލެނިވެރިންނަށް "ޖެލީފިޝް" ނުވަތަ މަޑުގަނޑެއްގެ ނަމުން ނިސްބަތްކުރެވެނީ އެމީހުންގެ ކިބައިގައި ހަރުދަނާކަމެއް ނުހުންނާތީއެވެ.
މިގޮތަށް ކަންތައް ކުރަނީ ކުދިން ދެރަވާތަން ބަލަން ބޭނުންނުވާތީ ނުވަތަ މިނިވަންކަމާއެކު އުޅުމަކީ ކުދިންނަށް އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލުކުރެވޭތީއެވެ. މިފަދަ ބެލެނިވެރިން ދަރިންދެކެ ލޯބިވާ މިންވަރު ހާމަކޮށްދިން ނަމަވެސް، ދިރިއުޅުމުގެ މުހިންމު ސިފަތައް ކަމަށްވާ އަދަބު އަޚްލާގާއި، އަމިއްލަ ނަފްސު ކޮންޓްރޯލްކުރުމާއި، ކަންކަމުގައި މާޔޫސްވުމުން އެކަމުން އަރައިގަންނާނެ ގޮތް ދަސްކޮށްދިނުމުގައި އެމީހުން ނާކާމިޔާބުވެއެވެ.
3. އަޅާނުލާ އުސޫލު (Uninvolved/Absent)
މިއީ ކުދިންނަށް ލޯބިދިނުމާއި ގަވާއިދުތައް ހެދުމުގައިވެސް އިހުމާލުވާ ބެލެނިވެރިންނެވެ. މިފަދަ ބެލެނިވެރިން އަމިއްލަ ކަންކަމުގައި މަޝްޣޫލުވެ، ކުދިން ބަލަން ފޯނެއް ނުވަތަ ޓީވީއެއް ދީފައި ދޫކޮށްލައެވެ. ކުދިންގެ އަސާސީ ބޭނުންތައް ފުއްދައިދިން ކަމުގައިވިޔަސް، އެކުދިންގެ ދިރިއުޅުމުގައި ބެލެނިވެރިންގެ ބައިވެރިވުމެއް ނޯވެއެވެ. މީގެ ސަބަބުން ކުދިންނަށް ނޭދެވޭ އަސަރުތަކެއް ކުރެއެވެ.
4. ޕޭރަންޓް ކޯޗު (Authoritative)
މިއީ ލޯތްބާއި ގަވާއިދާ ދެމެދު ހަމަހަމަކަން ގެންގުޅޭ އުސޫލެވެ. "ޕޭރަންޓް ކޯޗު" ދަރިންނަށް އިހުތިރާމާއި ލޯބިދޭއިރު، އެކުދިން ކުރާ ކަންތައްތަކަށް ޒިންމާދާރުވުމަށްވެސް ބާރުއަޅައެވެ. މިއީ ސައިންޓިފިކް ގޮތުންވެސް އެންމެ ކާމިޔާބު ގޮތް ކަމަށް ސާބިތުވެފައިވާ އުސޫލެވެ.
މި އުސޫލުގައި ބެލެނިވެރިންނަކީ ކުދިންނަށް އެހީތެރިވާ، އެކުދިންގެ ވާހަކަ އަޑުއަހާ، ނަމަވެސް ސާބިތުކަމާއެކު ހުދޫދުތަކެއް ކަނޑައަޅާ ބައެކެވެ. ދިރާސާތަކުން ދައްކާގޮތުގައި މިފަދަ ބެލެނިވެރިން ބަލާ ބޮޑުކުރާ ކުދިންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުވެ، ކިޔެވުމަށާއި އިޖުތިމާއީ ގުޅުންތަކަށް މާ ބޮޑަށް ކާމިޔާބުވެއެވެ.
ކޯޗެއްގެ ދައުރަކީ ކުޅުންތެރިންގެ ކިބައިގައި ހުންނަ ހުނަރުތައް ކުރިއަރުވައި، ކުށްތަކުން ފިލާވަޅު ލިބިގަންނަން ދަސްކޮށްދިނުމެވެ. ހަމައެފަދައިން، "ޕޭރަންޓް ކޯޗު" ވެސް ދަރިންނަށް ސާފު ގަވާއިދުތަކެއް ދީ، އެކުދިންނަށް ހިތްވަރުދީ، އަދި އެކުދިންގެ އަގުވަޒަންކުރެއެވެ.
މިއީ ވަރަށް ފުރިހަމަ ގޮތެއް ކަމަށް ފެނުނަސް، އެއްވެސް ބެލެނިވެރިއަކީ ފުރިހަމަ މީހަކަށް ވާކަށް ނުޖެހެއެވެ. މުހިންމީ ރަނގަޅު މިސްރާބަކަށް މަސައްކަތް ކުރުމެވެ. މި އުސޫލަށް ބަދަލުވުމުން، ދަރިންނަށް ބޭނުންވާ ލޯތްބާއި ހިތްވަރު ދިނުމާއެކު، އެކުދިންނަކީ ދިރިއުޅުމުގައި ކާމިޔާބު ކުދިންތަކަކަށް ހެދުމުގެ ފުރުސަތު ބޮޑުވެގެންދާނެއެވެ.
އެހެންކަމުން، މިފާހަގަކުރެވުނު 4 އުސޫލުގެ ތެރެއިން، ދަރިން ތަރުބިއްޔަތުކުރުމުގެ އެންމެ ފުރިހަމަ އަދި ނަތީޖާ ރަނގަޅު ގޮތަކީ "ޕޭރަންޓް ކޯޗު" ނުވަތަ ކޯޗެއްގެ ދައުރު އަދާކުރާ ބެލެނިވެރިޔާގެ އުސޫލެވެ. މިއީ ކުދިންނަށް ހިތްވަރުދީ އެކުދީންގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކޮށް، އަދި އެކުދިންގެ ކިބައިގައި ހުރި ހުނަރެއް ތަރައްޤީކުރުމަށް މަސައްކަތްކޮށް ގާބިލު ކުދިންތަކަކަށް އެކުދިން ހެދުމަށް އެންމެ އެކަށީގެންވާ ގޮތެވެ.

ކިޔުންތެރިންގެ ހިޔާލު