ގުޅީފަޅު ނެރާ ދިމާލުން ބޭރުގައި އޮތް "އޮގްޒޮން ކެރިއަރ 2" ނަމަކަށްކިޔާ ދޯންޏެއްގައި ރޯވި އަލިފާންގަނޑު އެމްއެންޑީއެފުން ނިއްވާލައިފިއެވެ.
އެމްއެންޑީއެފުން މައުލޫމާތު ދޭ ގޮތުގައި، މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބިފައިވަނީ މިއަދު މެންދުރުފަހު 13:22 ހާއިރުއެވެ. ހާދިސާގެ މައުލޫމާތު ލިބުމާއެކު، ހުޅުމާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ ލަސްނުކޮށް އެ ސަރަހައްދަށް ދަތުރުކޮށް، އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައެވެ.
އެމްއެންޑީއެފުން ކުރި މަސައްކަތުން ދޯނީގެ އިންޖީނު ރޫމުގައި ރޯވެފައި ހުރި އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައިވަނީ މިއަދު މެންދުރުފަހު 14:45 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
މި ހާދިސާ ހިނގި ވަގުތު އެ ދޯނީގައި ފަސް މީހުން ތިއްބެވެ. ނަމަވެސް، އަލިފާން ރޯވުމާއެކު އެ މީހުން ވަނީ ކައިރީގައި އޮތް އެހެން ދޯންޏަކަށް އަރައި ރައްކާތެރިކަން ހޯދާފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައި ނުވި ނަމަވެސް، އަލިފާނުގެ ސަބަބުން ދޯނީގެ އިންޖީނު ރޫމަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު