ރާއްޖެއިން އިންޑިއާއަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ ބޮންޑު ދެއްކޭނެ ފަދަ މާލީ ތަނަވަސްކަމެއް ރިޒާވްގައި ނެތްކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެެވެ.
އިންޑިއާގައި ބޭއްވުނު ބައްދަލުވުންތަކަށްފަހު މިއަދު މާލެ ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ނަޝީދު ވިދާޅުވީ، އިންޑިއާ ސަރުކާރަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ ބޮންޑެއްގެ މުއްދަތު ހަމަވާއިރު، އެ ފައިސާ ދެއްކޭނެ ގާބިލްކަން ރާއްޖޭގެ ރިޒާވްގައި ނެތް ކަމަށެވެ.
"އަޅުގަނޑު ލަފާކުރަނީ މިއަންނަ ހަފުތާގައި ކަންނޭނގެ ނުވަތަ ވަރަށް އަވަހަށް އެބައޮތް ފަންސާސް މިލިއަން ޑޮލަރުގެ ބޮންޑެއް، އިންޑިއާ ސަރުކާރުގެ ބޮންޑެއް. ދެން އެ ބޮންޑު މެޗުއަރިޓީއަށް އެބައާދޭ މިއަންނަ މަހު ދައްކަން ޖެހޭނީ، މިއަންނަ ހަފުތާ ނުވަތަ މިއަންނަ މަހު. އަޅުގަނޑެއް ނުދެކެން އަޅުގަނޑުމެންގެ ރިޒާވްސް ހުރި ކަމަކަށް އެ ދެއްކޭކަށް. އަޅުގަނޑުމެން އަތަކު ނެތް. އެނގިލައްވާނެ ވަރަށް ބޮޑަށް ބޭރު ފައިސާ، ޑޮލަރަށް ދަތިވެފައި މިހާރު މިވަނީ" ރައީސް ނަޝީދު ވިދާޅުވިއެވެ.
ބޮންޑަށް ފައިސާ ދެއްކޭނެ މަގު ފަހިކުރުމަށްޓަކައި ކުރެވިދާނެ ދެ ކަމެއް ރައީސް ނަޝީދު ވަނީ ފާހަގަކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި އެއީ ސަރުކާރުން ކުރާ ބޭކާރު އިސްރާފުތައް ހުއްޓާލުމާއި، ބޭރުގެ އެހީތެރިކަން ހޯދުމަށްޓަކައި ހަރުދަނާ އިގްތިސާދީ ޕްރޮގްރާމެއް އެކުލަވާލުމެވެ.
" ދެން އަޅުގަނޑު އިންޑިއާގެ އެބޭފުޅުންނާ ވާހަކަދެއްކިން. ދެން ދެކަމެއް މީގައި އޮތީ އޮވޭ ދެއްތޯ. އެއްކަމަކީ ސަރުކާރު މިދަނީ ވަރަށް ބޮޑަށް ފައިސާ އިސްރާފު ކުރަމުން. ދެން އެހެންވީމާ އެކުވެރި ދައުލަތްތަކުން ދޭ އެހީތެރިކަން އެގޮތަށް އިސްރާފު ކުރަމުން ދިޔާމާ އެބޭފުޅުން ވެސް ދޭއިރުގައި އެކަންކަމާ ގުޅޭގޮތުން އެއްޗެތި ހިތަށް ވަންނާނެ. ދެން އަޅުގަނޑު އުއްމީދު ކުރަން ދިވެހިރާއްޖެއިން އިންޑިއާ ސަރުކާރަށް ޕްރޮގްރާމެއް ހުށަހަޅައިގެން، ވަކި ޕްރޮގްރާމެއްގެ ތެރެއިން ކަންތައްތައް ދާގޮތަށް މިކަން ކުރިއަށް ގެންދެވޭނެ ކަމަށް." ރައީސް ނަޝީދު ވިދާޅުވިއެވެ.
އިންޑިއާގެ ރިޒާވް ބޭންކް (އާރުބީއައި) އާއެކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވެފައިވާ އެއްބަސްވުމުގެ ދަށުން ނަގާފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީ ދިވެހި ސަރުކާރުން ދާދިފަހުން ވަނީ އަދާކޮށް ޚަލާސްކޮށްފައެވެ. މީގެ އިތުރުން، 2019 ވަނަ އަހަރު ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ބަޖެޓް ސަޕޯޓުގެ ގޮތުގައި ހޯދާފައިވާ 150 މިލިއަން ޑޮލަރުގެ ލޯނުގެ ތެރެއިން 50 މިލިއަން ޑޮލަރު މިހާރު ވަނީ އަނބުރާ ދައްކާފައެވެ.
ހަމައެއާއެކު، ރާއްޖޭގެ އިޤްތިޞާދީ ހާލަތު ވަރުގަދަކުރުމަށް އެހީތެރިވުމުގެ ގޮތުން، ސާކް ކަރަންސީ ސްވޮޕް އޮނިގަނޑުގެ ދަށުން 319 މިލިއަން ޑޮލަރު ނުވަތަ 30 ބިލިއަން އިންޑިއަން ރޫޕީސްއާ އެއްވަރުގެ ފެސިލިޓީއެއް ދޫކުރުމަށް އިންޑިއާ ސަރުކާރުން މިހާރު ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު