ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު އަދި އެކްޓަރު ސޮހައިލް ޚާން ޑައިރެކްޓްކުރާ އާ ފިލްމު "މައި ޕަންޖާބީ ނިކާހް" އިއުލާންކޮށް، އެ ފިލްމުގެ މުހިންމު ރޯލުތަކުން ފެނިގެންދާނެ ތަރިން ހާމަކޮށްފިއެވެ.
އެގޮތުން މި ފިލްމުގައި ތަޖުރިބާކާރު އެކްޓަރު ސަންޖޭ ދަތާއި ޒުވާން އެކްޓަރު އާޔޫޝް ޝަރުމާ އެކުގައި މަސައްކަތް ކުރާނެ ކަމަށް މީޑިއާ ރިޕޯޓުތަކުގައި ވެއެވެ. މިއީ މި ދެ ތަރިން އެކުގައި މަސައްކަތް ކުރާ ފުރަތަމަ ފަހަރެވެ.
މި ފިލްމަކީ މަޖާ ކަންތައްތަކާއި، އާއިލީ ޑްރާމާ އަދި ހަލަބޮލި ހާދިސާތައް އެކުލެވިގެންވާ ކޮމާޝަލް އެންޓަޓައިނަރެއްގެ ގޮތުގައި ސިފަކުރެވޭ ފިލްމެކެވެ. ސަންޖޭ ދަތާއި އާޔޫޝް ޝަރުމާ ފަދަ ތަފާތު ދެ މިޒާޖެއްގެ ދެ ތަރިން އެކުގައި ފެނިގެންދާނެކަން އިއުލާންކުރުމާއެކު، ބޮލީވުޑްގެ ފޭނުންގެ މެދުގައި މިހާރުވެސް ވަނީ ބޮޑު ޝައުގުވެރިކަމެއް އުފެދިފައެވެ.
މި މަޝްރޫއުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ސަންޖޭ އާއި އާޔޫޝްގެ މި އާދަޔާޚިލާފު ޖޯޑެވެ. ސަންޖޭ ދަތުގެ ވަރުގަދަ ސްކްރީން ޕްރެޒެންސާއި، އާޔޫޝްގެ ޒުވާން ހަކަތަ އެކުވެގެން ބެލުންތެރިންނަށް ތަފާތު އަދި އާ އޮޅުންބޮޅުންތަކެއް ފެނިގެންދާނެ ކަމަށް ބެލެވެއެވެ.
އާންމު ބެލުންތެރިން ގަޔާވާ ފަދަ މަޖާ ފިލްމުތައް އުފެއްދުމަށް މަޝްހޫރު ސޮހައިލް ޚާން މިހާރު އަންނަނީ މި ފިލްމުގެ ސްކްރިޕްޓް ނިންމައި، ތައްޔާރުީތަކުގެ އެންމެ ފަހުގެ މަރުހަލާގެ މަސައްކަތްތައް ކުރަމުންނެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މި ފިލްމުގެ ޝޫޓިން ވަރަށް އަވަހަށް ފެށުމަށް ހަމަޖެހިފައިވާއިރު، އަމާޒަކީ މިއަހަރުގެ ފަހުކޮޅު ފިލްމު ސިނަމާތަކަށް ގެނައުމެވެ.
މި މަޝްރޫއާ ގާތް ފަރާތްތަކުން މައުލޫމާތުދޭ ގޮތުގައި "މައި ޕަންޖާބީ ނިކާހް" ބިނާކޮށްފައިވަނީ އުތުރު އިންޑިއާގެ ކުލަގަދަ މާހައުލަކަށެވެ. އަދި މިއީ ވަރަށް ބޮޑު ބަޖެޓަކުން އުފައްދާ ފިލްމެކެވެ. އިހުސާސްތަކާއި، ޑްރާމާ އަދި ފޯރިގަދަ މުނިފޫހިފިލުވުމުގެ ކަންތައްތަކެއް ހިމެނޭ މި ފިލްމަކީ ބޮލީވުޑްގެ ކުލަގަދަ މެއިންސްޓްރީމް އުފެއްދުމަކަށް ވާނެއެވެ.
މި ފިލްމަކީ ސަންޖޭ ދަތާއި އާޔޫޝް ޝަރުމާ އެކުގައި މަސައްކަތްކުރާ ފުރަތަމަ ފިލްމަށް ވާއިރު، ފިލްމީ ދާއިރާގެ ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި މި ދެ އެކްޓަރުންގެ ތަފާތު އެކްޓިން ސްޓައިލްގެ ސަބަބުން ފިލްމަށް އާ ދިރުމެއް ލިބިގެންދާނެއެވެ. ފިލްމުގެ ސުރުޚީއެއްގެ ގޮތުގައި ބޭނުން ކޮށްފައިވާ "މައި ޕަންޖާބީ ނިކާހް" މި ނަމަށްވެސް އާންމުންގެ ބޮޑު ސަމާލުކަމެއް ވަނީ ލިބިފައެވެ. ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ ފިލްމުގެ ވާހަކަ ހުންނާނެ ގޮތަކާ މެދު ބަހުސްކުރަމުންނެވެ.
ފިލްމުގެ ބަތަލާގެ ރޯލާއި އެހެނިހެން ތަރިންގެ މައުލޫމާތު އަދި ސިއްރުކޮށްފައިވީ ނަމަވެސް، މިއީ އާޔޫޝް ޝަރުމާގެ ފިލްމީ ކެރިއަރުގައި ކުރިއަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. އަދި ސަންޖޭ ދަތުގެ ބައިވެރިވުމަކީ ފިލްމުގެ މަގުބޫލުކަން އިތުރުވެގެންދާނެ މުހިންމު ސަބަބެކެވެ. ސްކްރިޕްޓްގެ މަސައްކަތާއި ތައްޔާރީތައް ބާރު ސްޕީޑުގައި ކުރިއަށްދާއިރު، މިއީ މިވަގުތު ބޮލީވުޑްގައި އެންމެ ގިނަ ބަޔަކު އިންތިޒާރުކުރާ އެއް ފިލްމެވެ.

ކިޔުންތެރިންގެ ހިޔާލު