ދަރިއަކު ހޯދުމަށް 12 އަހަރުގެ ދިގު އިންތިޒާރެއް ކުރުމަށްފަހު، އިތިއޯޕިއާގެ އަންހެނަކަށް އެއްމާބަނޑު ފަސް ކުދިން ލިބިއްޖެއެވެ.
އިތިއޯޕިއާގެ ހަރާރީ ރީޖަނަލް ސްޓޭޓަށް ނިސްބަތްވާ އުމުރުން 35 އަހަރުގެ ބަދްރިއްޔާ އާދަމަށް ލިބިފައިވަނީ ހަތަރު ފިރިހެން ކުދިންނާއި އަންހެން ކުއްޖެކެވެ. ރިޕޯޓްތައް ބުނާގޮތުގައި މި ހުރިހާ ކުދިންގެ ސިއްހަތުވެސް ރަނގަޅެވެ.
މި އުފާވެރި ޚަބަރާ ގުޅިގެން ބަދްރިއްޔާ ބުނީ، އޭނާގެ އާއިލާއިން ދަރިއަކު ހޯދުމަށް މަސައްކަތްކުރާތާ 12 އަހަރު ވެފައިވާ ކަމަށާއި، އެއްފަހަރާ ފަސް ކުދިން ލިބުމަކީ މުޅި އާއިލާއަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
"މިއީ އަހަރެންނާއި އަހަރެންގެ ފިރިމީހާއަށް މާތްﷲ މިންވަރުކުރެއްވި ވަރަށް ބޮޑު ނިޢުމަތެއް،" އޭނާ ބުންޏެވެ.
ބީބީސީއަށް ދިން އިންޓަވިއުއެއްގައި ބަދްރިއްޔާ ބުނީ، ލިބުނު އުފާވެރިކަން ބަހުން ބަޔާންކޮށްދޭންވެސް ނޭނގޭ ކަމަށެވެ. އަދި ދުޢާ އިޖާބަވެ މި ނިޢުމަތް ލިބުމާ ހަމައަށް އޭނާ ހުރީ ވަރަށް ބޮޑު މާޔޫސްކަމެއްގެ ތެރޭގައި ކަމަށްވެސް އޭނާ ކިޔައިދިނެވެ.
ހޮސްޕިޓަލުގެ މެޑިކަލް ޑިރެކްޓަރ ޑރ. މުޙައްމަދު ނޫރު ޢަބްދުﷲ ވިދާޅުވީ، ކުދިން އުފަންވީއިރު ބަރުދަނުގައި ހުރީ 1.3 އާއި 1.4 ކިލޯއާ ދެމެދުގައި ކަމަށެވެ. ޑޮކްޓަރު ފާހަގަކުރެއްވި ގޮތުގައި އެއް ކިލޯއަށްވުރެ ބަރުދަން ހުންނަ ތުއްތު ކުދިން ދިރިތިބުމާއި ރަނގަޅު ސިއްހަތެއްގައި ބޮޑުވުމުގެ ފުރުސަތު ވަރަށް ބޮޑެވެ. މިހާރުވެސް މަންމައާއި ކުދިންނަށް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ.
މި ކަމުގައި އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، ބަދްރިއްޔާ ބަލިވެ އިނީ އައި.ވީ.އެފް ފަދަ އެއްވެސް ސިއްހީ އެހީތެރިކަމެއް ނެތި ޠަބީޢީ ގޮތުން ކަމަށްވުމެވެ. ޑރ. މުޙައްމަދު ނޫރު ވިދާޅުވި ގޮތުގައި އެ ހޮސްޕިޓަލަކީ އައި.ވީ.އެފްގެ ޚިދުމަތް ދޭ ތަނެއްވެސް ނޫނެވެ. އާންމުކޮށް އެއްފަހަރާ ގިނަ ކުދިން ލިބެނީ ސިއްހީ ފަރުވާގެ އެހީގައި ކަމަށްވީ ނަމަވެސް، ބަދްރިއްޔާގެ މި ހާލަތަކީ ވަރަށް މަދުން ނޫނީ ނުފެންނަ އާދަޔާ ހިލާފު ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު