ޕާކިސްތާނުގެ ކުޑަކުޑަ ހާފިޒް އަހުމަދު އިސްމާއީލް، މުޅި އިސްލާމީ އުންމަތް ފަޚުރުވެރިވާ ފަދަ އާދަޔާޚިލާފު ރެކޯޑެއް ގާއިމްކޮށްފިއެވެ.
އުމުރުން އެންމެ 6 އަހަރުގެ އަހުމަދު ވަނީ ކީރިތި ގުރުއާނުގެ 30 ފޮތް، އެންމެ 4 މަސްދުވަހުގެ ކުރު މުއްދަތެއްގެ ތެރޭގައި ހިތުދަސްކޮށް ނިންމާލާފައެވެ. މި ކާމިޔާބީއާއެކު އޭނާ ވެފައިވަނީ ދުނިޔޭގައިވެސް އެންމެ އަވަހަށް ގުރުއާން ހިތުދަސްކުރި އެންމެ ހަގު ކުދިންގެ ތެރެއިން އެކަކަށެވެ.
އަހުމަދުގެ މި ހިތްވަރުގަދަ ދަތުރު ފެށުނީ އޭނާގެ ކިބައިގައި ހުރި ތޫނުފިލިކަމާއި ހަނދާންގަދަކަން އާއިލާއަށް ފާހަގަކުރެވުނު ހިސާބުންނެވެ. އޭނާގެ އުސްތާޒުންނާއި އާއިލާއިން ބުނާ ގޮތުގައި، އަހުމަދު ދުވާލަކު އެތައް ސަފުހާއެއް ވަރަށް ފަސޭހަކަމާއެކު ހިތުދަސްކުރެއެވެ.
އޭނާގެ ކިޔެވުމުގެ ސްޕީޑާއި ތަޖުވީދުގެ ހަމަތަކަށް ބަހައްޓާ ސަމާލުކަމަކީ ބޮޑެތި މީހުންނަށްވެސް ނަމޫނާއެކެވެ. މި ކާމިޔާބީއާ ގުޅިގެން ޕާކިސްތާނުގެ ދީނީ އިލްމުވެރިންނާއި އާންމުން އަންނަނީ އޭނާއަށް މަރުހަބާ ކިޔަމުންނެވެ.
ސޯޝަލް މީޑިއާގައި މި ޚަބަރު ފެތުރިގެން ދިއުމާއެކު، ގިނަ ބަޔަކު ވަނީ މިއީ އާދަޔާ ހިލާފުކަމެއްގެ ގޮތުގައި ސިފަކޮށްފައެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުން އަންނަނީ އަހުމަދުގެ ވީޑިއޯތައް ހިއްސާކޮށް، އޭނާގެ ކުރިމަގަށް ހެޔޮ ދުއާ ކުރަމުންނެވެ. އަހުމަދުގެ ބެލެނިވެރިން ބުނާ ގޮތުގައި އެމީހުންގެ އެންމެ ބޮޑު އުއްމީދަކީ އަހުމަދަކީ މުސްތަގުބަލުގައި އިސްލާމީ އުންމަތަށް ޚިދުމަތްކުރާނެ މޮޅު އިލްމުވެރިއަކަށް ވުމެވެ.
މި ކާމިޔާބީއަކީ ހަމައެކަނި އަހުމަދުގެ އާއިލާއަށް ލިބުނު ފަޚުރެއް ނޫނެވެ. މިއީ މުޅި އިސްލާމީ އުންމަތުގެ ކިޔަވާ ކުދިންނަށް، ހިތްވަރާއެކު މަސައްކަތްކޮށްފިނަމަ ކޮންމެ ފަދަ ބޮޑު އަމާޒެއްވެސް ހާސިލްކުރެވިދާނެކަން ސާބިތުކޮށްދިން ކަމެކެވެ. އަހުމަދުގެ މި ވާހަކަ މިހާރު ވެފައިވަނީ ދީނީ ތައުލީމު ހާސިލްކުރާ އެތައް ހާސް ކުދިންނަކަށް ލިބުނު ބޮޑު ހިތްވަރަކަށެވެ.

ކިޔުންތެރިންގެ ހިޔާލު