ބޭހާއި ލޭގެ ދަތިކަން ފަދަ އިންސާނީ ފުރާނައާ ގުޅުންހުރި ހައްސާސް މައްސަލަތަކުގައި ސަރުކާރުގެ އެއްވެސް ފަރުވާލެއް ނެތް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
މެންބަރު ކުޑޫ މިފަދަ ކަންބޮޑުވުމެއް ފާޅުކުރައްވާފައި މިވަނީ، ހަކުރުބައްޔަށް ބޭނުންވާ އިންސިއުލިންގެ ބައެއް ވައްތަރުތައް ބާޒާރުންނާއި ހޮސްޕިޓަލްތަކުން ލިބުމަށް ދަތިވެ، ސޯޝަލް މީޑިއާގައި އާންމުންގެ ގިނަ ބަޔަކު އެކަމުގެ ޝަކުވާ އުފުލަމުންދާ ދަނޑިވަޅެއްގައެވެ.
މިކަމާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ކުޑޫ ވިދާޅުވީ ބޭހާއި ލޭ ހޯދުމަށް ރައްޔިތުން ކުރަމުންދާ ޝަކުވާތައް ހައްލުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ މައްސަލަތަކުގެ އަދަދު މިހާރު ނޭނގޭ ހިސާބަށް ގޮސްފައިވާ ކަމަށެވެ. ނަމަވެސް އެފަދަ ބައެއް މުހިންމު މައްސަލަތައް މަޖިލީހުގެ ކޮމިޓީތަކުގައި އެޖެންޑާ ނުކުރެވި ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ.
މެންބަރު ކުޑޫ އިތުރަށް ވިދާޅުވީ، މަޖިލީހުގެ ކޮމިޓީތަކަށް ކަމާބެހޭ އިދާރާތަކުގެ ފަރާތްތައް ހާޒިރުކުރުމުން، އެ މައްސަލަތައް ހައެއް ނުވަތަ އަށެއްކަ މަސްދުވަހުގެ ތެރޭގައި ހައްލުކުރާނެ ކަމަށް ބުނަމުންދާ ކަމަށެވެ. އެހެންނަމަވެސް، އެ ބުނާ މުއްދަތު ފާއިތުވެގެންދާއިރުވެސް އަމަލީ ގޮތުން އެއްވެސް ކުރިއެރުމެއް ފެންނަން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
"މިފަދަ ހައްސާސް މައްސަލަތަކުގައިވެސް ސަރުކާރުގެ ފަރުވާލެއް ނެތް،" ކުޑޫގެ ޕޯސްޓުގައި ލިޔުއްވާފައިވެއެވެ.
ރާއްޖޭގެ ބާޒާރުން އިންސިއުލިން ފަދަ ޒަރޫރީ ބޭސްތައް ހުސްވަމުންދާ މައްސަލައިގައި އާންމުން ދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ހާއްސަކޮށް، ބަލި މީހުންގެ ފުރާނައާ ގުޅިފައިވާ މިފަދަ ކަންކަމުގައި ސަރުކާރުން މިއަށްވުރެ ޒިންމާދާރުވާންޖެހޭނެ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު