އިސްލާމްދީނުގައި ހިޖާބަކީ ހަމައެކަނި ބޯ ނިވާކުރުމަށް ބޭނުންކުރާ ފޮތިގަނޑެއް ނޫނެވެ. އެއީ މުސްލިމް އަންހެނާގެ ލަދުވެތިކަމާއި، ޢިއްޒަތާއި، މާތް ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ކިޔަމަންތެރިވުމުގެ މަތިވެރި ރަމްޒެކެވެ. އިސްލާމްދީން އުނގަންނައިދެނީ ހިޖާބަކީ ކީރިތި ޤުރްއާނާއި ރަސޫލާގެ ﷺ ސުންނަތުން ސާބިތުވާ، މުސްލިމް އަންހެނުންގެ މައްޗަށް އޮތް ފަރުޟެއް ކަމެވެ. މިއީ އަންހެނާގެ ކަރާމާތާއި ޢިއްޒަތް އިތުރުކޮށްދޭ ގޮތަކަށް ހެދުން އެޅުމަށްދޭ އިރުޝާދެކެވެ.
ހިޖާބުގެ އަސާސްތައް ބަޔާންވެގެންވަނީ ކީރިތި ޤުރްއާނުގެ މޫރިތި އާޔަތްތަކުގައެވެ. ސޫރަތުއްނޫރުގެ 31 ވަނަ އާޔަތުގައި، މުއުމިން އަންހެނުން އެކަނބަލުންގެ ނަޒަރުތައް ތިރިކުރުމަށާއި، ލަދުވެތި ގުނަވަންތައް ރައްކާތެރި ކުރުމަށާއި، ބޭރުފުށުން ފެންނަ ޒީނަތްތެރިކަން ފިޔަވައި އެހެން ކަންކަން ފާޅުނުކުރުމަށް އަންގަވާފައިވެއެވެ. އަދި ސޫރަތުލް އަޙްޒާބުގެ 59 ވަނަ އާޔަތުގައި، މުއުމިން އަންހެނުން ބޭރަށް ނިކުންނައިރު އެކަނބަލުންގެ ޖިލްބާބުތަކުން ނިވާވެތިވުމަށް އަމުރުކުރައްވާފައިވަނީ، އެކަނބަލުންނަކީ ޢިއްފަތްތެރި ބައެއްކަން އެނގި، އުނދަގޫތަކުން ސަލާމަތްވުމަށްޓަކައެވެ. މިއިން އެނގެނީ ލަދުވެތިކަމަކީ އިސްލާމް ދީނުގެ މުހިންމު ބަހާއެއް ކަމާއި، މިއީ ހަމައެކަނި ބޭރުފުށުގެ ސިފައެއް ނޫންކަމެވެ. މިއީ އިންސާނާ ނަފްސަށް ކުރާ އިޙްތިރާމާއި، ރޫޙާނީ ކަރާމަތާ ގުޅިފައިވާ ކަމެކެވެ.
އިސްލާމީ ޢިލްމުވެރިންގެ އިޖުމާޢުން އެނގޭގޮތުގައި، ޝަރުޢީ ހިޖާބުގެ މިންގަނޑަކީ މޫނާއި ދެއަތްތިލަ ފިޔަވައި (ބައެއް ޢިލްމުވެރިން މޫނުވެސް ހިމަނުއްވާ) މުޅި ހަށިގަނޑު ނިވާކުރުމެވެ. ހެދުން ހުންނަންވާނީ ގަޔަށް ދޫކޮށް، ހަށިގަނޑުގެ ބައްޓަން ފާޅުނުވާ ފަދަ ބޯ ފޮއްޗަކުންނެވެ. އެއީ މީހުންގެ ސަމާލުކަން ދަމައިގަންނަ ފަދަ ޒީނަތްތެރި ފެޝަނަކަށް ވެގެންނުވާނެއެވެ. އަދި އިސްލާމީ އަޚްލާޤާ ޚިލާފުވާ ފަދަ އެހެން ދީންތަކުގެ މީހުންނާ އެއްގޮތްވުމަށް ކުރާ ކަމަކަށްވެސް ވެގެންނުވާނެއެވެ. އިސްތަށިގަނޑާއި، ކަރާއި، މޭމަތި ފުރިހަމައަށް ނިވާކުރުމަކީ އިސްލާމީ ތަޢުލީމުގައި އެއްބަސްވެވޭ އަސާސީ މިންގަނޑެވެ.
މީގެ އިދިކޮޅަށް، "ފުރިހަމަނުވާ ހިޖާބު" ނުވަތަ "ބުރުގާ އެޅުމުގެ އުނި ގޮތްތަކުގެ" ތެރޭގައި ހިމެނެނީ ގަޔަށް ބާރު ހެދުންލުމާއި، ހަށިގަނޑު ފެންނަ ފަދަ ތުނި ފޮތީގެ ހެދުންލުމާއި، އިސްތަށިގަނޑުގެ ބައެއް ފެންނަގޮތަށް ނުވަތަ ކަރާއި މޭމަތި ހާމަވާގޮތަށް ބުރުގާ އެޅުމެވެ. ބައެއް ފަހަރު ބޯ ނިވާކޮށްފައި ހުރި ނަމަވެސް، ހިޖާބުގެ އަސްލު މަޤްޞަދު ކަމަށްވާ ލަދުވެތިކަން މިފަދަ ހާލަތްތަކުގައި ގެއްލިގެންދެއެވެ. މިއީ އިސްލާމީ އިރުޝާދުތަކާ ޚިލާފަށް ޒީނަތްތެރިކަން ފާޅުކުރުމުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ޝަރުޢީ ހިޖާބުގެ މާނަ ހަމައެކަނި ބޭރުފުށުގެ ސިފައަށްވުރެ މާ ފުންވެގެންވެއެވެ. ބޮޑުވަމުން އަންނަ މުސްލިމް އަންހެނުން ހިލޭ ފިރިހެނުންގެ ކުރިމަތީގައި ހިޖާބު އެޅުމަކީ ފަރުޟެކެވެ. މިއީ އެހެނިހެން ފަރުޟުތަކެކޭ އެއްފަދައިން އަދާކުރަންޖެހޭ ވާޖިބެކެވެ. ނަމަވެސް، އީމާންކަމަކީ ދަތުރެއްކަން އިސްލާމްދީން ބަލައިގަންނަ ފަދައިން، އިޚްލާޞްތެރިކަމާއެކު އިޞްލާޙުވުމަށް ކުރާ ކޮންމެ މަސައްކަތަކީ ދީނުގައި އަގުހުރި ކަމެކެވެ.
މިއަދުގެ މުޖުތަމަޢުގައި، ޚާއްޞަކޮށް އަޅުގަނޑުމެންގެ މި ދިވެހި މުޖުތަމަޢުގައިވެސް މިކަމުގެ ދެފަރާތެއް އެބައޮތެވެ. ދައުލަތުގެ އިސް މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންނާއި، މީޑިއާގެ ޝަޚްޞިއްޔަތުތަކާއި، މުޖުތަމައަށް ނަމޫނާ ދައްކާ ފަރާތްތަކަކީ އެހެން މީހުން ބަލައިގަންނަ ގޮތަށް ހެދުން އަޅަންޖެހޭ ބައެކެވެ. މިފަދަ ފަރާތްތަކުން އިސްލާމީ މިންގަނޑާ ޚިލާފަށް ހިޖާބު ބޭނުންކުރުމުން، ޒުވާން ޖީލުގެ ވިސްނުމަށް ނޭދެވޭ އަސަރުތަކެއް ކުރެއެވެ. މިކަމުގެ ސަބަބުން އިސްލާމީ މިންގަނޑުތަކާމެދު ދެކޭގޮތް މަޑުމަޑުން ބަދަލުވެ، އުނިކަންކަމަކީ އާދައިގެ ކަންކަމުގެ ގޮތުގައި ފެންނަން ފަށައެވެ.
ސަރުކާރުގެ އިސް މަޤާމުތަކަށް އައްޔަން ކުރާ ބައެއް ފަރާތްތަކުން ބުރުގާ އެޅުމުގައި ގެންގުޅޭ ހުޅަނގާއި އެއްގޮތް ބައެއް އާދަތަކުގެ ސަބަބުން ރައްޔިތުންގެ ފާޑުކިއުން އެފަދަ ފަރާތްތަކަށް ދަނީ އަމާޒުވަމުންނެވެ. އަދި ނަމޫނާ ދައްކާ މަގު ދައްކަން ތިބޭ މީހުންގެ ފަރާތުން މިފަދަ ކަންކަން ފެނުމަކީ ހިތާމަހުރި ކަމެއްކަމަށް ބައެއް ޢާއްމުން މީސްމީޑިއާގައި ޚިޔާލު ފާޅުކޮށްފައިވެއެވެ.
ކީރިތި ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވާ ގޮތުގައި ލަދުވެތިކަމަކީ އީމާންކަމުގެ ބައެކެވެ. މަޝްހޫރު ޙަދީޘެއްގައިވާ ގޮތުން، އަންހެން ކުއްޖަކު ބޮޑުވުމުން، މޫނާއި ދެއަތްތިލަ ފިޔަވައި އެހެން ތަނެއް ފެނިގެން ނުވާނެއެވެ. މިއީ ހިޖާބުގެ މިންގަނޑު ކަނޑައަޅައިދޭ ދަލީލެކެވެ. ފާފައެއްގެ ގޮތުން ބަލާއިރު، ފުރިހަމަ ހިޖާބު ނޭޅުމަކީ ކުޑަ ފާފައެއްގެ ގޮތުގައި ބެލެވުނަސް، އެއީ ފަރުޟެއްކަމަށް އިންކާރުކޮށް، ކިބުރުވެރިކަމާއެކު އެކަން ދޫކޮށްލުމަކީ ނުރައްކާތެރި ކަމެކެވެ.
އަދި ހަނދާން ބަހައްޓަންޖެހޭ މުހިންމު ކަމަކީ، ލަދުވެތިކަމަކީ ހަމައެކަނި ހެދުމުން ފެންނަންޖެހޭ އެއްޗެއް ނޫންކަމެވެ. އިންސާނާގެ އުޅުމާއި، ބަސްމަގާއި، އަޚްލާޤަކީވެސް ލަދުވެތިކަމުގެ ތެރެއިންވާ ކަންކަމެވެ. ހަމައެފަދައިން، ފިރިހެނުންގެ މައްޗަށްވެސް ލަދުވެތިވުމާއި، ނަޒަރުތައް ތިރިކުރުމުގެ މަސްއޫލިއްޔަތު އޮވެއެވެ.
ހިޖާބަކީ ބޭރުފުށުން ކުރެވޭ އަޅުކަމަކަށް ވީފަދައިން، އެއީ ހިތުގެ އީމާންކަމުގެވެސް ފާޅުވުމެކެވެ. އެއީ މާތް ﷲގެ އަމުރުފުޅުތަކަށް ބޯލަނބައި، އަމިއްލަ ޢިއްޒަތް ރައްކާތެރިކޮށް، އަދަބުވެރި މުޖުތަމަޢެއް ބިނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. އިސްލާމްދީނުގެ އަސާސީ މެސެޖަކީ ލަދުވެތިކަމަކީ ދީނުގެ މައިގަނޑު އަސާސް ކަމާއި، ކޮންމެ މުއުމިނަކުވެސް އިޚްލާޞްތެރިކަމާއެކު އެ މިންގަނޑުތަކަށް ވާޞިލުވުމަށް ގަދައަޅައި މަސައްކަތް ކުރަންޖެހޭނެ ކަމެވެ.

ކިޔުންތެރިންގެ ހިޔާލު