މީގެ 14 އަހަރު ކުރިން މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ އަބްދުލްމުހީތު (ބޮބީ) މަރާލި މައްސަލާގައި، ދަށު ކޯޓުން މަރުގެ އަދަބު އިއްވާފައިވާ ކުޑަކުއްޖާގެ މައްޗަށް އެ އަދަބު ނުދެވޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައަޅައިފިއެވެ.
19 ފެބްރުއަރީ 2012 ގައި ފިނޭންސް މިނިސްޓްރީ ކުރިމަތީގައި ގ. ވޭރު، އަބްދުލްމުހީތު ހުއްޓާ ގްރޫޕަކުން ގޮސް ދިން ހަމަލާގައި އޭނާ މަރާލި މައްސަލާގައި، 2013 ވަނަ އަހަރު ޖުވެނައިލް ކޯޓުން ދެ ކުއްޖެއްގެ މައްޗަށް މަރުގެ ހުކުމް އިއްވިއެވެ. އޭގެ ތެރެއިން އެއް ކުއްޖަކާ ގުޅޭގޮތުން ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ، އެ ހާދިސާ ހިނގިއިރު އުމުރުން 17 އަހަރުގެ އެ ކުއްޖާއަށް އިއްވި މަރުގެ ހުކުމް ބާތިލްކޮށްފައެވެ.
މި މައްސަލާގައި މަރުގެ ހުކުމް އިއްވި ކުއްޖާގެ ހުކުމަށް ހައި ކޯޓުން ތާއިދުކުރުމާ ގުޅިގެން، އެއީ ނިހާއީ ހުކުމެއް ކަމަށް ކަނޑައަޅަން ދައުލަތުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅިއެވެ. ނަމަވެސް، 2019 ވަނަ އަހަރު އަމަލުކުރަން ފެށި ކުޑަކުދިންގެ އަދުލުގެ ގާނޫނާ ގުޅިގެން ދައުލަތުން ވަނީ އެ މައްސަލަ އަނބުރާ ގެންގޮސްފައެވެ. އެ ގާނޫނުގައި ބުނާ ގޮތުން، އުމުރުން 18 އަހަރު ފުރުމުގެ ކުރިން ކުއްޖަކު ކުރާ ކުށަކަށް މަރުގެ އަދަބެއް ނުދެވޭނެއެވެ. އަދި އެ ކުއްޖަކަށް 18 އަހަރު ފުރުމަށްފަހު ވެސް އެ އަދަބެއް ނުދެވޭނެއެވެ.
ސުޕްރީމް ކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވަނީ، ކުޑަކުއްޖެއްގެ މައްޗަށް މަރުގެ އަދަބު ދިނުމަކީ ކުޑަކުދިންގެ އަދުލުގެ ގާނޫނުން މިހާރު ހުއްދަކުރާ ކަމަކަށް ނުވާތީ އެ އަދަބު ނުދެވޭނެ ކަމަށެވެ. މީގެ އިތުރުން، ގާތިލަކީ ކުޑަކުއްޖަކަށްވާ ހާލަތަކީ އިސްލާމީ ޝަރީއަތުގައި ވެސް ގިސާސް ހިފުން މަނާވާ ހާލަތެއްކަން ކޯޓުން ފާހަގަކުރިއެވެ.
މި ނިންމުމާ ގުޅިގެން ސުޕްރީމް ކޯޓުން ވަނީ ޖުވެނައިލް ކޯޓާއި ހައި ކޯޓުގެ ހުކުމް ބާތިލްކޮށް، އެ ކުއްޖާގެ އަދަބު ކަނޑައެޅުމަށްޓަކައި މައްސަލަ އަލުން ބެލުމަށް ޖުވެނައިލް ކޯޓަށް ފޮނުވާފައެވެ.
ބޮބީ މަރާލި ހާދިސާ ހިނގާފައިވަނީ 19 ފެބްރުއަރީ 2012 ވީ އާދީއްތަ ދުވަހުގެ ރޭ ދަންވަރު 01:50 އެހާކަށް ހާއިރުއެވެ. ފިނޭންސް މިނިސްޓްރީ ކުރިމަތީ އޮންނަ ކޮޅުބެދިފައިވާ ގޯޅިގަނޑެއްގެ ތެރޭގައި ސައިކަލެއްގެ މަތީގައި އޭނާ އިންދާ ދިން މި ހަމަލާގައި، ބޮބީގެ ހަށިގަނޑުގެ 20 ތަނަކަށް ވަޅިން ހަމަލާދީފައިވެއެވެ.
މި މައްސަލާގައި ބައިވެރިވި އިތުރު ދެ މީހަކު ކަމަށްވާ ޅ. ނައިފަރު ޒައިތޫނިގޭ މުހައްމަދު މައިމޫނާއި، ގދ. ގައްދޫ އަބްލައީގޭ މުހުޖަތު އަހުމަދު ނާސިހުގެ މައްޗަށް ވެސް ކްރިމިނަލް ކޯޓުން ވަނީ މަރުގެ ހުކުމް އިއްވާފައެވެ. އެ ދެ މީހުންގެ މައްސަލަ މިހާރު އޮތީ ހައި ކޯޓުގެ އިސްތިއުނާފު މަރުހަލާގައެވެ. މީގެ އިތުރުން، ބޮބީ މަރާލަން ބޭނުންކުރި ވަޅި ފޮރުވި އާމިނަތު ރަޝީދާގެ މައްޗަށް ކުށް ސާބިތުވެ، އޭނާ 1,500 ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ކުރިން ވަނީ ހުކުމްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު