އައްޑޫ ސިޓީގެ ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް ބައި-އިލެކްޝަނަށް އެމްޑީޕީގެ ފަރާތުން ކުރިމަތިލައްވާފައިވާ ކެންޑިޑޭޓް އަބްދުﷲ ސޯދިގް (ސޯބެ) ގެ ކެންޕޭން ރަސްމީކޮށް އައްޑޫގައި އިފްތިތާހުކޮށްފިއެވެ.
ހިތަދޫ ބޮނޑުމަގުގައި ބޭއްވި މި ޖަލްސާގައި ވާހަކަދައްކަވަމުން ސޯބެ ވިދާޅުވީ، އެމްޑީޕީގެ ކެންޕޭން ޓީމުތަކަކީ އަބަދުވެސް ތެދުވެރިކަމާއި ސާބިތުކަމާއެކު މަސައްކަތްކުރާ ބައެއް ކަމަށެވެ.
އަދި އައްޑޫސިޓީގައި އެ ޕާޓީން ހޯދާ ކާމިޔާބީތަކުގެ ފަހަތުގައިވަނީ މި ގުޅުންކަން ފާހަގަކުރައްވައި، އިންތިޚާބު ކާމިޔާބު ކުރެވިއްޖެ ނަމަ، ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތަކާ އެއްގޮތަށް އަމާނާތްތެރިކަމާއެކު ޚިދުމަތް ކުރައްވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
މި ހަފުލާގައި ފޮނުއްވި ވީޑިއޯ މެސެޖެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ސޯބެއަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފައެވެ. ރައީސް ނަޝީދު ވިދާޅުވީ، މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީގެ މުހިންމު ބައެއް މަފްހޫމްތަކަކީ ސޯބެގެ ބައިވެރިވުމާއި ޚިޔާލާއެކު އެކުލަވާލާފައިވާ ކަންކަން ކަމަށެވެ. އެހެންކަމުން ސޯބެ މަޖިލީހަށް ހޮވުމަކީ ހަމައެކަނި އައްޑޫއަށް އޮތް ފައިދާއެއް ނޫން ކަމަށާއި، އެއީ މުޅި ރާއްޖެއަށް ވެސް ލިބޭނެ ކުރިއެރުމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ، އައްޑޫއަކީ ރާއްޖޭގެ އިގްތިސާދީ ތަނަވަސްކަމަށް އޮތް އެންމެ ބޮޑު ވަސީލަތް ކަމަށްވާއިރު، އެ ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމައަށް ހިފުމަށް ސޯބެ ފަދަ ތައުލީމީ އަދި ތަޖުރިބާކާރު ބޭފުޅަކު މަޖިލީހުގައި އިންނެވުން މުހިންމު ކަމަށެވެ.
މަޖިލީހުގައި އައްޑޫގެ އަޑު ކެނޑިފައިވާކަން ފާހަގަކުރައްވައި، ސޯބެއަކީ މަޑުމައިތިރި ބޭފުޅެއް ނަމަވެސް، އޭނާ ދައްކަވާ ވާހަކަފުޅުތަކަކީ މާނަފުން އަދި އޮއްޓަރު ހުރި ވާހަކަތަކެއް ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
އަންނަ މަހުގެ ހަވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބުގައި ސޯބެއާ ވާދަކުރައްވަނީ ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓް އަހުމަދު ސައީދު (ސޮޑާ) އެވެ. ސޯބެއަކީ މީގެ ކުރިން ތިން ދައުރެއްގައި އައްޑޫސިޓީގެ މޭޔަރުކަން ކުރައްވާފައިވާ، އަދި އެ ސިޓީގެ ފުރަތަމަ މޭޔަރުގެ ޝަރަފު ވެސް ހޯއްދަވާފައިވާ ބޭފުޅެކެވެ. މިއީ އޭނާ ރައްޔިތުންގެ މަޖިލީހަށް ވާދަކުރައްވާ ފުރަތަމަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު