ގެދޮރު އިމާރާތް ކުރުމަށް ބޭނުންވާ އާންމު ރައްޔިތުންނަށް ފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމަށް މި ސަރުކާރުން އިއުލާނުކޮށްފައިވާ ހިޔާވަހި ހައުސިން ސްކީމުން ލޯނު ލިބުނު ގޮތުން ދިމާވާ ދަތިތަކަކުގެ ޝަކުވާ ހިފައިގެން ރައީސްގެ އަރިހަށް މީހަކު ގޮސް އެ ވާހަކަ ހިއްސާކޮށްފިއެވެ.
ރައީސް އޮފީހުން ގެނެސްދެމުންދާ "ރައްޔިތުންގެ އަޑު" ޕްރޮގްރާމްގައި ބައިވެރިވި މީހަކު ބުނީ އަތޮޅުތެރެއަށް ހިޔާވަހި ސްކީމްގެ ދަށުން އެއް މިލިއަން ރުފިޔާގެ ލޯނު ދޭން ކަނޑައަޅާފައި އޮތް ނަމަވެސް އޭނާއަށް ހަމަޖެހުނީ 650،000 ރުފިޔާގެ ލޯނެއް ކަމަށެވެ. އަދި ކުރެހުންތަކުގެ ކަންކަމުގައި އުޅުނު އިރުވެސް ރާވައިގެން ހުރީ އެއް މިލިއަން ރުފިޔާއަށް ނިމެނޭކަމަށް ބަލައިގެންކަމަށް އޭނާ ބުންޏެވެ.
"މިހާރު މަސައްކަތް ފަށައިގެން ކުރިއަށް މިދަނީ. ފައުންޑޭޝަން އަޅަން ދިނީ 114،000 ރުފިޔާ. ދެން އޭގެން ފައުންޑޭޝަން އަޅާފަ ވަކި ވަރަކަށް ރާނާފަ [ލޯނުގެ] ދެވަނަ ބައި ލިބެނީ އިމާރާތުގެ ރަޖިސްޓްރީ ދިނީމައޭ ބުނަނީ. [އެކަމަކު] އިމާރާތުގެ ރަޖިސްޓްރީ މިލިބެނީ ހިޔާކޮށްފަ އިނދެގެން. އެެހެން ނޫނީ ރަޖިސްޓްރީއެއް ނުއެއް ލިބޭ" އޭނާ ބުންޏެވެ.
އޭނާގެ ޝަކުވާ އައްސަވައި ރައީސް މުއިއްޒުވެސް ވިދާޅުވީ ހަ ލައްކަ ރުފިޔާއިން މަސައްކަތް ނުނިމޭނެކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި އެކަން ހިނގައިދިޔަ ގޮތް ބައްލަވާނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު