މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ޑްރަގް އެންފޯސްމަންޓުން މި މެއި މަހުގެ 3 ވަނަ ދުވަހު ސިނަމާލެ ފުލެޓް ތެރެއިން ސ. ހުޅުދޫ / ސެލްޓަން، މުޙައްމަދު ރަޝީދު (49އ) ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން، އޭނާއާ ގުޅުންހުރިކަމަށް ބެލެވޭ ދެ ސައިކަލު ބަލައިފާސްކޮށް އެ ދެ ސައިކަލުވެސް ވަނީ ޓޯކޮށްފައި ކަމަށް ފުލުހުން ބުނެއެވެ.
އަދި އޭނާއާ ގުޅުންހުރި ތަންތަނުން ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 261.93 ގުރާމް ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 5 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު