ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ސަލްމާން ޚާން އާއި ކަރީނާ ކަޕޫރު ޚާން، ގިނަ އަހަރުތަކަކަށްފަހު އަލުން އެކުގައި ފިލްމަކުން ފެނުމުގެ ފުރުސަތު ބޮޑުވެއްޖެއެވެ.
"ދަ ފެމިލީ މޭން" އަދި "ފަރުޒީ" ފަދަ މަގުބޫލު އުފެއްދުންތަކުން ނަން މަޝްހޫރުވެފައިވާ ޑައިރެކްޓަރުން ކަމަށްވާ ރާޖް އެންޑް ޑީކޭ އުފައްދާ އާ ސުޕަހީރޯ ފިލްމުގެ ބަތަލާ
ގެ ރޯލަށް ކަރީނާއާ އެކު މިހާރު ދަނީ މަޝްވަރާތައް ކުރަމުންނެވެ.
ވެރައިޓީ އިންޑިއާ އިން ރިޕޯޓްކުރާ ގޮތުގައި، މި ފިލްމުގެ ރޯލަށް ކަރީނާ ވަނީ ވަރަށް ބޮޑަށް ޝައުގުވެރިކަން ފާޅުކޮށް، އެ ރޯލު ކުޅުމަށް ދަނީ ތައްޔާރުވަމުންނެވެ. ރަސްމީކޮށް ސޮއިނުކުރި ނަމަވެސް، އޭނާ ވަނީ މި ފިލްމަށް "އާނބަސް" ބުނެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މި މަޝްވަރާތައް އަވަސްވެގެން ދިޔައީ ސަލްމާން ޚާން އަމިއްލައަށް ކަރީނާއާ ގުޅައި، މި މަޝްރޫއާ ބެހޭގޮތުން ވާހަކަދެއްކުމުން ކަމަށްވެސް މަޢުލޫމާތު ލިބެއެވެ. މީގެ ކުރިން މި ރޯލަށް ސަމަންތާ ރޫތު ޕްރަބޫގެ ނަން އިވިފައިވީ ނަމަވެސް، މިހާރު އެންމެ ކުރީގައި އުޅެނީ ކަރީނާއެވެ.
މި ފިލްމު ވެގެންދާނީ 2015 ވަނަ އަހަރު ރިލީޒްކުރި "ބަޖްރަންގީ ބައިޖާން" އަށް ފަހު ސަލްމާން އާއި ކަރީނާ އެކުގައި ފެންނާނެ ފުރަތަމަ ފިލްމަށެވެ. މީގެ ކުރިން މި ދެ ތަރިން ވަނީ "ކިޔޯން ކީ"، "މޭ އައުރު މިސިސް ކަންނާ" އަދި "ބޮޑީގާޑް" ފަދަ ކާމިޔާބު ފިލްމުތަކުން ފެނިފައެވެ.
އަތުލް އަގްނިހޯތުރީ އާއި މައިތުރީ މޫވީ މޭކާސް ގުޅިގެން އުފައްދާ މި ފިލްމުގައި ސަލްމާން ފެންނާނީ އުމުރުން ދުވަސްވީ ސުޕަހީރޯއެއްގެ ރޯލުންނެވެ. އޭނާ އަލުން އެ މަސައްކަތަށް ނުކުންނަން މަޖުބޫރުވަނީ ކުރިމަތިވާ ހީނުކުރާ ފަދަ ހާދިސާތަކެއްގެ ސަބަބުންނެވެ.
މި ފިލްމަކީ 2017 ވަނަ އަހަރުގެ "އަ ޖެންޓްލްމޭން" އަށް ފަހު ރާޖް އެންޑް ޑީކޭ ސިނަމާތަކަށް ގެންނަ ފުރަތަމަ ފިލްމެވެ. އެއަށްފަހު އެމީހުން މަސައްކަތް ކުރީ "ޗިޓަޑެލް: ހަނީ ބަނީ" އާއި "ގަންސް އެންޑް ގުލާބްސް" ފަދަ ސްޓްރީމިން ސީރީޒްތަކުގައެވެ.
ސަލްމާން މި ފިލްމުގެ މަސައްކަތް ފަށާނީ މިއަހަރު އޮކްޓޯބަރު ނުވަތަ ނޮވެމްބަރު ހިސާބުގައެވެ. އެއީ ޑައިރެކްޓަރު ވަމްޝީ ޕައިޑިޕަލީގެ ފިލްމުގެ މަސައްކަތް ނިންމުމަށްފަހުއެވެ. މި ފިލްމު ސިނަމާތަކަށް ގެނައުމަށް ތާވަލުކޮށްފައިވަނީ 2027 ވަނަ އަހަރުގެ ފިޠުރު ޢީދަށެވެ.

ކިޔުންތެރިންގެ ހިޔާލު