އިންޑިއާ ކަނޑަކީ އެ ސަރަހައްދަށް ނިސްބަތްވާ އެންމެހައި ފަރާތްތަކަށް އަމާންކަމާއި، ހަމަޖެހުމާއި، ފުރުޞަތުތައް ފަހިވެފައިވާ ތަނެއްގެ ގޮތުގައި ދެމިއޮތުން ކަށަވަރުކުރުމަށްޓަކައި ދިވެހިރާއްޖެއާއި ސްރީލަންކާގެ އެއްބައިވަންތަކަން މުހިންމުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، އެމަނިކުފާނާއި އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ ޝަރަފުގައި ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ ރޭ ދެއްވި ރަސްމީ ޖާފަތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިޖާފަތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ކަނޑަކީ ދެ ޤައުމު ވަކިކުރާ އެއްޗެއްގެ ބަދަލުގައި، އެއީ ދެ ޤައުމު ގުޅުވައިދޭ ފާލަމެއް ކަމަށެވެ.
"އެ އެއްބައިވަންތަކަމަކީ، އިންޑިއާ ކަނޑަކީ އެތަނަކަށް ނިސްބަތްވާ އެންމެންނަށް އަމާންކަމާއި، ހަމަޖެހުމާއި، ފުރުޞަތުތަކުގެ ކަނޑެއްގެ ގޮތުގައި ދެމިއޮތުން ކަށަވަރު ކުރުމަށް އޮތް އަޅުގަނޑުމެންގެ އެންމެ ބޮޑު ބާރެއް. އަޅުގަނޑުމެން ދެ ޤައުމަކީވެސް ގޮންޖެހުންތަކުން އަރައިގަތުމުގެ ހުނަރު ރަނގަޅަށް ދަންނަ ދެ ޤައުމު،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އިންޑިއާ ކަނޑުން ލިބޭ ނަފާ އެންމެ އެދެވޭ ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދެވޭނީ ދެ ޤައުމު ގުޅިގެން މަސައްކަތް ކޮށްގެންނެވެ. އަދި ސްރީލަންކާއަކީ ރާއްޖެއާ ވަރަށް ގާތް، އިތުބާރުހުރި އަވަށްޓެރި ޤައުމެއްކަން ފާހަގަކުރައްވައި، ތަޢުލީމީ، ޞިއްޙީ އަދި އިޖުތިމާޢީ ގޮތުން ދެ ޤައުމުގެ މެދުގައި އޮތް ބަދަހި ގުޅުމުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.
މި ދަތުރުފުޅަކީ ދެ ޤައުމުގެ ބަދަހި ގުޅުން ރަމްޒުކޮށްދޭ ދަތުރުފުޅެއްކަން ފާހަގަކުރައްވައި، ޑިޖިޓަލް ޓްރާންސްފޯމޭޝަން، ދެމެހެއްޓެނިވި ފަތުރުވެރިކަން، އިއާދަކުރަނިވި ހަކަތަ އަދި މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ބައިނަލްއަޤްވާމީ މައިދާނުގައި ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.
ސްރީލަންކާގެ ރައްޔިތުންނާއި ސަރުކާރުން ދިވެހި ވަފުދަށް ދެންނެވި ހޫނު މަރުޙަބާއާއި އަދާކުރެއްވި ދީލަތި މެހެމާންދާރީއަށްޓަކައި ރައީސް ޑިސަނާޔަކެއަށް ރައީސް މުޢިއްޒު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
2026 މޭ 3 އިން 6 އަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސްރީލަންކާއަށް ކުރައްވާ މި ދަތުރުފުޅަކީ އެމަނިކުފާނު އެ ޤައުމަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ. މި ޖާފަތުގައި ދެ ޤައުމުގެ ވަޒީރުންނާއި ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި ސްރީލަންކާގެ ރައީސް ދެއްވި ރަސްމީ ޖާފަތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގަތުން#MaldivesSriLanka pic.twitter.com/9rir6rPqcc
— The President's Office (@presidencymv) May 4, 2026
ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އިންޑިއާ ކަނޑުން ލިބޭ ނަފާ އެންމެ އެދެވޭ ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދެވޭނީ ދެ ޤައުމު ގުޅިގެން މަސައްކަތް ކޮށްގެންނެވެ. އަދި ސްރީލަންކާއަކީ ރާއްޖެއާ ވަރަށް ގާތް، އިތުބާރުހުރި އަވަށްޓެރި ޤައުމެއްކަން ފާހަގަކުރައްވައި، ތަޢުލީމީ، ޞިއްޙީ އަދި އިޖުތިމާޢީ ގޮތުން ދެ ޤައުމުގެ މެދުގައި އޮތް ބަދަހި ގުޅުމުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.
His Excellency President Dr @MMuizzu and First Lady @sajidhaamohamed attend the State Banquet hosted in their honour by His Excellency @anuradisanayake this evening in President's House in Colombo.#MaldivesSriLanka pic.twitter.com/BMZtbdVc8p
— The President's Office (@presidencymv) May 4, 2026
މި ދަތުރުފުޅަކީ ދެ ޤައުމުގެ ބަދަހި ގުޅުން ރަމްޒުކޮށްދޭ ދަތުރުފުޅެއްކަން ފާހަގަކުރައްވައި، ޑިޖިޓަލް ޓްރާންސްފޯމޭޝަން، ދެމެހެއްޓެނިވި ފަތުރުވެރިކަން، އިއާދަކުރަނިވި ހަކަތަ އަދި މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ބައިނަލްއަޤްވާމީ މައިދާނުގައި ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.
ސްރީލަންކާގެ ރައްޔިތުންނާއި ސަރުކާރުން ދިވެހި ވަފުދަށް ދެންނެވި ހޫނު މަރުޙަބާއާއި އަދާކުރެއްވި ދީލަތި މެހެމާންދާރީއަށްޓަކައި ރައީސް ޑިސަނާޔަކެއަށް ރައީސް މުޢިއްޒު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
2026 މޭ 3 އިން 6 އަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސްރީލަންކާއަށް ކުރައްވާ މި ދަތުރުފުޅަކީ އެމަނިކުފާނު އެ ޤައުމަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ. މި ޖާފަތުގައި ދެ ޤައުމުގެ ވަޒީރުންނާއި ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
ކިޔުންތެރިންގެ ހިޔާލު