މިއީ އޭއައި ބޭނުންކޮށްގެން ހަދާފައިވާ ފޮޓޯއެއް | ރަސް އޮންލައިން
މިއީ އޭއައި ބޭނުންކޮށްގެން ހަދާފައިވާ ފޮޓޯއެއް | ރަސް އޮންލައިން
ޤައުމީ އެއާލައިން، މޯލްޑިވިއަންގެ ބައިނަލްއަޤުވާމީ ދަތުރުތަކުގައި ފަސިންޖަރުންނަށް ބަނގުރާ ލިބޭ ގޮތަށް ހަމަޖައްސަން އުޅޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތައް އެ އެއާލައިނުން ރަސްމީކޮށް ދޮގުކޮށްފިއެވެ.

މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސޯޝަލް މީޑިއާ އާއި އެނޫންވެސް މަންސަތަކުގައި އެ އެއާލައިނުން ފަސިންޖަރުންނަށް އަލްކަހޯލް ލިބޭ ގޮތަށް ހަމަޖައްސަން އުޅޭ ކަމަށް ބުނެ ފަތުރަމުންދާ ޚަބަރަކީ ކަނޑައެޅިގެން ދޮގު ޚަބަރެއް ކަމަށެވެ. އަދި މިފަދަ އެއްވެސް ނިންމުމެއް އެ އެއާލައިނުން ނިންމާފައި ނުވާނެ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން، ޞައްޙަކަން ކަށަވަރު ނުކުރެވޭ މިފަދަ ދޮގު މައުލޫމާތުތައް މުޖުތަމައުގެ ތެރޭގައި ޙިއްޞާ ނުކުރުމަށް މޯލްޑިވިއަން އިން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ. އެ އެއާލައިނުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދުތަކުގެ އިތުރުން އިސްލާމީ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ޚިދުމަތް ދިނުމަށެވެ.

ޤައުމީ އެއާލައިނުން މިޚަބަރު ދޮގުކޮށްފައި މިވަނީ އާންމުންގެ މެދުގައި މިކަމާ ގުޅިގެން ކަންބޮޑުވުންތަކެއް އުފެދިފައި ވަނިކޮށެވެ.

މޯލްޑިވިއަނުން މިހާރު ބައިނަލްއަޤުވާމީ ދަތުރުތައް ކުރަމުންދަނީ އަވަށްޓެރި އިންޑިއާ އާއި ބަނގުލަދޭޝްގެ އިތުރުން ޗައިނާގެ ބައެއް މަންޒިލްތަކަށެވެ. މީގެކުރިން އެ އެއާލައިންގެ އެއްވެސް ދަތުރެއްގައި ބަނގުރަލުގެ ޚިދުމަތް ދީފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު