ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެލުގެ އަގު އިންތިހާއަށް މައްޗަށް ދިއުމާ ގުޅިގެން، އިންޑިއާގެ އިޤްތިސާދަށް ކުރިމަތިވެދާނެ ނުރައްކާތަކާމެދު އިންވެސްޓަރުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، އިންޑިއާގެ ފައިސާ، ރުޕީސްގެ އަގު ރެކޯޑް މިންވަރަކަށް ދަށަށް ގޮސްފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު އިންޑިއާގެ ބާޒާރުގައި އެމެރިކާ ޑޮލަރަކަށް ޖެހޭ ރުޕީސްގެ ރޭޓު ވަނީ 95.33 އަށް ވެއްޓިފައެވެ. މިއީ މާޗް މަހުގެ ފަހުކޮޅު 95.21 ގައި ހުރި ރެކޯޑް މިންވަރަށް ވުރެ ވެސް ދަށް އަދަދެކެވެ. ނަމަވެސް، ވިޔަފާރި ބަންދުވިިއިރު އަގު ކުޑަކޮށް މައްޗަށް ޖެހި، ޑޮލަރަކަށް 94.91 ރުޕީސްގައި ވަނީ މަޑުޖެހިފައެވެ.
ތެލުގެ އަގު އުފުލުމުގެ ސަބަބުން އިންޑިއާ ފަދަ ގިނަ އަދަދަކަށް ތެޔޮ އިމްޕޯޓްކުރާ ޤައުމުތަކުގެ އިޤްތިސާދީ ހަމަހަމަކަން ގެއްލި، ބޭރުގެ އިންވެސްޓްމަންޓްތަކަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. މިގޮތުން ބްރެންޓް ކްރޫޑް ތެޔޮ ފީފާއެއްގެ އަގު 126.4 ޑޮލަރަށް އުފުލިފައިވާއިރު، މިއީ ފާއިތުވި ހަތަރު އަހަރު ތެރޭގައި ތެލުގެ އަގު މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ.
ރުޕީސްގެ އަގު މިހާ ބޮޑަށް ދަށަށް ދިއުމުގެ ސަބަބުން، ފާއިތުވި މަހު އިންޑިއާގެ މަރުކަޒީ ބޭންކުން ފައިސާގެ އަގު ހިފެހެއްޓުމަށް އެޅި ހާއްސަ ފިޔަވަޅުތަކުން ލިބުނު ކުރިއެރުންތައް މިހާރު ވަނީ ގެއްލިފައެވެ. އޭޕްރީލް މަހުގެ ކުރީކޮޅު ޑޮލަރަކަށް 92.40 ރުޕީސްއަށް އަގު މައްޗަށް ޖެހުނު ނަމަވެސް، މިހާރު އަނެއްކާވެސް ވަނީ ދަށްވާން ފަށާފައެވެ.
އިޤްތިސާދީ މާހިރުން ލަފާކުރާ ގޮތުގައި މި ހާލަތުން އަރައިގަތުމަށް ރިޒާވް ބޭންކް އޮފް އިންޑިއާއިން އިތުރު ހަރުކަށި ފިޔަވަޅުތަކެއް އަޅަން ޖެހޭނެއެވެ. ޖޭ.ބީ ޑްރެކްސް ހޮނޯރޭގެ އޭޝިއާ މެކްރޯ ސްޓްރެޓެޖިސްޓް ވިވެކް ރާޖްޕާލް ވިދާޅުވީ، ފައިސާގެ އަގު ވެއްޓުން ހުއްޓުވުމަށްޓަކައި ތެޔޮ ގަތުމަށް ބޭނުންވާ ޑޮލަރު ކޮންޓްރޯލްކުރުމާއި، ރަން އިމްޕޯޓްކުރުން މަދުކުރުމުގެ އިތުރުން މަނިޓަރީ ޕޮލިސީ އިތުރަށް ހަރުކަށިކުރަން ޖެހިދާނެއެވެ.
2026 ވަނަ އަހަރު ފެށުނީއްސުރެ މިހާތަނަށް ރުޕީސްގެ އަގު ވަނީ 5 އިންސައްތައަށް ވުރެ ބޮޑަށް ދަށަށް ގޮސްފައެވެ. މިއީ އެމެރިކާއާއެކު އޮތް ވިޔަފާރީގެ ދެބަސްވުންތަކާއި، ބޭރުގެ އިންވެސްޓްމަންޓްތައް މަދުވުމުގެ އިތުރުން ހަކަތައިގެ ދަތިކަމުގެ ސަބަބުން ކުރިމަތިވި ނޭދެވޭ އަސަރެކެވެ.
އިޤްތިޞާދީ މާހިރުން އިންޒާރުދީފައިވަނީ، ފައިސާގެ އަގު ދަށަށް ދިއުމުން ބޭރުގެ އިންވެސްޓަރުން އިންޑިއާގެ ބާޒާރުން ފައިސާ ބޭރުކުރުން އިތުރުވާނެ ކަމަށެވެ. މިދިޔަ މާޗް އަދި އޭޕްރީލް މަހު އެކަނިވެސް އިންވެސްޓަރުން ވަނީ 20 ބިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ އިންޑިއާގެ ހިއްސާގެ ބާޒާރާއި ބޮންޑްތަކުން ބޭރުކޮށްފައެވެ.
ބާކްލޭސްގެ މާހިރުން ލަފާކުރާ ގޮތުގައި 2026 ވަނަ އަހަރު ނިމޭއިރު ޑޮލަރަކަށް 96.80 ރުޕީސްއަށް އަގު ވެއްޓުމަކީ އެކަށީގެންވާ ކަމެކެވެ. މީގެ އިތުރުން އެމެރިކާގެ ފެޑެރަލް ރިޒާވްގެ ނިންމުންތަކާއި، ބައިނަލްއަޤްވާމީ ކަނޑުގެ ދަތުރުފަތުރުގެ މަގުތަކުގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން އިންޑިއާގެ ފައިސާއަށް އިތުރު ޕްރެޝަރުތަކެއް ކުރިމަތިވަމުންދާކަން ފާހަގަކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު