މާފުށީ ޖަލަށް އެތެރެކުރުން މަނާ ގިނަ އަދަދެއްގެ ތަކެތި ވައްދަން އުޅުނު ކަމުގެ ތުހުމަތުގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި މައްސަލައިގައި މާފުށީ ޖަލު ގޭޓު ކައިރިން ހައްޔަރުކޮށްފައި ވަނީ ރ. މަޑުއްވަރި، މާސް، މުޙައްމަދު ޝަހީރު (28އ) އެވެ. އޭނާ ހައްޔަރުކުރީ ޖަލަށް މަނާތަކެތި ވައްދަން އުޅޭކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ.
އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު، ޖަލަށް ވެއްދުމަށް ތައްޔާރުކޮށްފައިވާ ގިނަ އަދަދެއްގެ މަނާތަކެތި ފެނިފައިވެއެވެ. އޭގެ ތެރޭގައި 17 ސްމާޓް ފޯނާއި، 35 ޗާޖިންގ ކޭބަލާއި، މަސްތުވާތަކެތި ކަމަށް ބެލެވޭ 29 ޖޮއިންޓާއި އަދި އެޑަޕްޓަރަކާއި ހަތަރު ކައްޓާގެ އިތުރުން ޕެން ޑްރައިވާއި އެހެނިހެން ބައެއް ތަކެތި ހިމެނެއެވެ.
މި މައްސަލައާ ގުޅިގެން މުޙައްމަދު ޝަހީރުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާގެ ބަންދަށް ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު