އެމްޑީޕީގެ ޗެއާޕާސަނަށް ލިބިވަޑައިގެންފައިވާ ބާރުތަކުގެ ބޭނުންކުރައްވައިގެން ޕާޓީގެ އިންތިޚާބީ ވެރިންނަށް ގޮތެއް ހޯދައިނުދެވޭނަމަ، ޕާޓީގެ ހިންގުން އާންމު މެމްބަރުންނާ ހަވާލުކުރަން ފެންނަ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ) ވިދާޅުވެއްޖެއެވެ.
މޫސަ މިހެން ވިދާޅުވީ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ވިދާޅުވީ ޕާޓީގެ ފަންސާސް ހާހެއްހާ މެމްބަރުން ތިބީ ދެ އާއިލާއެއްގެ މެދުގައި އުފެދިފައިވާ ޒުވާބެއްގެ ތެރޭގައި ތާށިވެ، ސިޔާސީ މަސައްކަތެއް ނުކުރެވިފައި ކަމަށެވެ. އަދި މިކަމުގެ ސަބަބުން ޕާޓީއަށް ކުރިއަށް ނުދެވޭނަމަ، ފުރަތަމަ ކުރަންޖެހޭ ކަމަކީ އެ ހާލަތުން މިންޖުވުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ޕާޓީގެ ގައުމީ މަޖިލީހުގެ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވީ، ނުފޫޒުގަދަ މީހުން ބުނާ ގޮތަށް ވޯޓު ދިނުން ހުއްޓާލައި، އާންމު މެމްބަރުންގެ ރޫހާ އެއްގޮތަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އެހެންނޫންނަމަ، ގައުމީ މަޖިލީހުގެ އިންތިޚާބު އަވަހަށް ބާއްވައި، މިނިވަންކަމާއެކު ޕާޓީގެ ހިންގުން ހަރުދަނާކުރަން ޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙާ ދެމެދު އޮތް ގުޅުމަށް އިޝާރާތް ކުރައްވަމުން މޫސަ ވިދާޅުވީ، އެ ދެ ބޭފުޅުންގެ އެއްބަސްވުމަކުން ޑިމޮކްރަސީގެ އަސާސްތައް ފުރިހަމަވާނެ ތަނެއް މާޒީގައިވެސް ފެނިފައި ނުވާ ކަމަށެވެ.
މޫސަގެ މި ވާހަކަތަކަކީ އެމްޑީޕީގެ އެތެރޭގެ ހިންގުމާއި، ލީޑަޝިޕްގެ ނިންމުންތަކާމެދު ހިތްހަމަނުޖެހުން ފާޅުކުރައްވައި ދެއްކެވި ވާހަކަތަކެކެވެ. އޭނާ ވަނީ ޗެއާޕާސަންގެ ބާރުގެ ބޭނުންކޮށްގެން ޕާޓީ އިސްލާހު ނުކުރެވޭނަމަ، އާންމު މެމްބަރުންނަށް އިސްކަންދިނުމަށް ތަކުރާރުކޮށް ގޮވާލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު